ads
ސުއޭޒް ކެނަން ހުޅުވުމުގެ މަސައްކަތް ކުރަނީ:
"ސުއޭޒް ކެނަލް ހުޅުވުމުގެ މަސައްކަތް ކުރާ" ދެ ދިވެހިން!
"އެވާގްރީން" ބޮޑު އަކުރުން ލިޔެފައި ހުރި ބޯޓެއް ވަނީ ސުއޭޒް ކެނަލް އަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ތާށިވެފައެވެ.

ސުއޭޒް ކެނަލް ބަންދުކޮށްލި މާސިންގާ ބޯޓުގެ ނަމަކީ "އެވާގްރީން" ކަމަށް ގިނަ ބަޔަކު ހީކުރެއެވެ. ނަމަވެސް އެ ބޯޓުގެ ނަަމަކީ 'އެވާގިވެން" އެވެ.

މި ބޯޓާއި ގުޅޭގޮތުން އެކި މީހުން އަންނީ ތަފާތު މީމް ތައް ހަދަމުންނެވެ. އެގޮތުން ދިވެހިން ވެސް އެކަމަށް ޖޯކުޖަހައި ތަފާތް މީމްސް އަންނަނީ ހަދަމުންނެވެ. 

މިގޮތުން މިފަހަރު ދެ މީހަކު މިވަނީ ހުޅުމާލޭގައި ހުރި "އެވާގްރީން" ޖަހާފައި ހުރި ކޮންޓެއިނަރެއްގެ ދެކޮޅުގައި ތިބެ މީމް އެއް ތައްޔާރުކޮށްފައެވެ. 

"މިގެންދަނީ ވަރަށް ބުރަކޮށް ސުއޭޒް ކެނަލް ހުޅުވުމުގެ މަސައްކަތް ކުރަމުން،" މި މީމް ޝެއާކުރި ފުރޫ ބުނެފައިވެއެވެ.

ބޯޓު ތާށިވުމާ ގުޅިގެން  ދުނޭގެ އިގްތިސާދަށް ވެސް ވަނީ ލޮޅުން އަރާފައެވެ. ސަބަބަކީ ސުއޭޒް ކެނަލް އަކާ ބައްރުން އަންނަ ބޯޓުފަަހަރު އެޝިއާ އަދި އެފްރިކާއަށް ދަތުރު ކުރުކުރަން ކަނޑާފައި އޮންނަ ނެރަކަށް ވާތީއެވެ. މި ނެރު ބޭނުން ނުކޮށްފިނަމަ އެ ފަޅިން އަންނަ ބޯޓުތައް އަންނަންޖެހެނީ އެފްރިކާ ވަށާލާފައެވެ. މިހެންކަމުން ދަތުރުތައް ދިގުވެއެވެ.

your imageސުއޭޒް ކެނަލަށް ތާށިވެފައިވާ "އެވާގިވެން" ބޯޓު

13%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް