ads
އަމީތާބް އާއި ކްރިތީ--
ކްރިތީގެ ފޮޓޯއަކަށް ކޮމެންޓްކޮށް އަމީތާބު އެންމެން ހައިރާކޮށްލައިފި
ކްރީތީ ސަނޮން އާއި އަމީތާބް ބައްޗަން މިފަހު، ހަބަރުތަކުގެ ސުރުހީތަކަށް އަރާފައި މިވަނީ ވަރަށް ތަފާތު ސަބަބަކާހުރެ އެވެ. މިއީ ހަމައެކަނި ކޮމެންޓެއްގެ މައްސަލަ އެވެ.

ކްރިތީ ވަނީ އޭނާގެ އިންސްޓަގްރާމަށް ލޯބި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެގޮތުން ހީރޯޕަންތީ އިން ބޮލީވުޑަށް ތައާރަފުވި ކްރިތީގެ އެ ފޮޓޯއަށް ވަރަށް ގިނަ ބަޔަކު ރީތި ކަމަށާއި "ހޮޓް" ކަމަށް ބުނެ ކޮމެންޓް ކުރި އެވެ.

އޭގެ ތެރެއިން އެންމެންގެ ލޮލުގައި އަޅައިގަތީ އަމީތާބުގެ ކޮމެންޓެވެ. "ވާއު" ޖެހުމަށް ފަހު ރަތް ހިތަކާއެކު އަމީތާބު ކޮމެންޓްކުރުމުން އެންމެން ވެސް ހައިރާންވި އެވެ.

your imageކްރިތީގެ ޕޯސްޓަށް އަމީތާބު ކުރި ކޮމެންޓް--

އެކަން އެއް ބަޔަކަށް މަޖާވީ "ފިރިހެނުން ވާނީ ހަމަ ފިރިހެނުންނަށް" ކަމަށް ބުނެ މީމްތައް ހިއްސާކުރަން ފެށި އެވެ.

އެއް ފޮޓޯގަނޑުގައި އަމީތާބާއި އޭނާގެ އަންހެނުން ފެނިގެންދާއިރު އޭގެ ފަހަތުން ކްރިތީ ދާތީ އެ މަންޒަރު ބަލަން އަމީތާބު ހުންނަ މަންޒަރު ފެންނަ ގޮތަށް އެޑިޓްކޮށްގެން "ޓްރޯލް" ކުރަން ފެށި އެވެ. ބެލެވޭ ގޮތުގައި މިވަރު އަމީތާބަށް މިކޮށްލީ އޭނާއަށް ވުރެ ބޮޑު ތަނުން ހަގު ތަރިއެއްގެ ފޮޓޯއަކަށް އެގޮތަށް ކޮމެންޓްކުރުމުންނެވެ. 

އެކަމަކު މީގެ ކުރިން ވެސް އަމީތާބު ވަނީ ޒުވާން އެކްޓަރުންގެ ފޮޓޯތަކަށް އެގޮތަށް ކޮމެންޓްކޮށްފަ އެވެ.

އުމުރުން 78 އަހަރުގެ އަމީތާބު މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތްކުރަމުންނެވެ. އެއީ އަޔާން މުކަރުޖީގެ "ބްރަހްމަސްތުރާ" އެވެ. އާލިއާ ބަޓް އާއި ރަންބީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. 

އުމުރުން 30 އަހަރުގެ ކްރިތީއަށް ބަލާއިރު އޭނާގެ ވެސް ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެންމެ އަވަހަށް އޭނާ ފެންނާނީ "މިމީ" އިންނެވެ. އޭގައި ފެނިގެންދާނީ މާބަނޑު އަންހެނެއްގެ ރޯލުންނެވެ. އަދި ހައުސްފުލް ފަހެއްގެ އިތުރުން ބެޑިޔާ ވެސް އެބަ އޮތެވެ.

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް