ads
ދަރިވަރުންތަކެއް----
ވިއްސާރައިގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުން މެދުކަނޑާލައިފި
މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުން މެދުކަނޑާލައިފި އެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މެޔަރު މުހައްމަދު ޒިރާރު ސީއެންއެމްއަށް ވިދާޅުވީ މިއަދު އެ ރަށަށް މޫސުން އޮތީ ރީތިކޮށް ކަމަށެވެ.

ނަމަވެސް ރޭކުރި ވިއްސާރައިގައި އެރަށުގެ ގިނަ ގެތަކަށް ފެންވަދެފައިވުމާއި އަދި ބައެއް ގެތަކުގެ ހިފާއި ގެންގުޅޭ ސާމާނަށް ވެސް ގެއްލުން ލިބިފައިވުމުގެ ސަބަބުން މިއަދު އެރަށުގެ ހަތް ސްކޫލު ވެސް ވަނީ ބަންދުކޮށްފައި ކަމަށެެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރޭ، ވަނީ އުތުރުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ބައެއް ގެތަކުގެ ފުރާޅުވެސް އެއްލާލާފައިވާއިރު ގިނަ ގަސްތައް ވެސް ވަނީ ވެއްޓިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް