ads
ޕީޖީ ހުސެއިން ޝަމީމް އާއި އޭސީސީގެ ރައީސާ ޝިއުނާ--
ވެންޓިލޭޓަރު މައްސަލާގައި ފުލުހުން ބައިވެރިކުރަން އިރުޝާދުދެނީ
ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަ ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ގަސްދުކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
Advertisement

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާތީ ޕީޖީން ވަނީ އަލުން މައްސަލަ މުރާޖާއާ ކުރަން ނިންމާފަ އެވެ. 

އެކަމާއި ގުޅިގެން އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ނިންމުން މުރާޖައާ ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައް ވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށްވެސް ގަސްދުކުރާ ކަމަށެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި އެ އޮފީހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަހުގީގުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް ޕީޖީ އޮފީހުން ނިންމާފައިވެ އެވެ.

އިއްޔެ އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވެ ވަރަށް ހެކި ހުންނާނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން އޭސީސީގެ މެމްބަރު އައިޝަތު އަބްދުﷲ ވިދާޅުވީ، މި މައްސަލައިގައި މިއީ އިދާރީ އޮޅުމެއް ކަމަށް ބުނެ، މިއީ ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމެއް ކަމަށް ބުނުމީ އެ ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. 

އައިޝަތު ވިދާޅުވީ މި މައްސަލައިގައި މި ދައްކަނީ، ބަލިމަޑުކަމެއްގެ ތެރެއިން 31 މިލިއަން ރުފިޔާ އެގްޒެކެޓާސް ގެނެރަލްއަށް ދިން ވާހަކަ ކަމަށެވެ. އަދި މި މައްސަލައިގައި މިހާރު ހޯދިފައިވާ ހެކިތަކުން ބަޔަކަށް މަންފާއެއް ހޯދާ ދިން ކަމުގެ ކުށުގެ އުންސުރުތައް ފުރިހަމަ ވާނެ ފަދަ ހެކިތަކެއް ހުރި ކޭސްއެއް ކަމަށް ގަބޫލު ކުރާ ކަމަށް އައިޝަތު ވިދާޅުވި އެވެ. 

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ އޮޑިޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް