ads
ހިންނަވަރަށް އުދަ އަރާފައި--
ހިންނަވަރަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ލިބިއްޖެ
ޅ. ހިންނަވަރަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހީމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އުދަ އަރަން ފަށާފައި ވަނީ ހެނދުނު 9:30 އިން ފެށީގެންނެވެ. އަދި އޭރުންސުރެ ރަށަށް ހުއްޓުމެއް ނެތި އުދަ އަރަމުން އަންނައިރު މުޅި ރަށަށް ލޮނުގަނޑު ފެތުރިފައިވާ ކަމަށް ވިދާޅުވި އެވެ. 

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އާބާދީގައި 4000 އެއްހާ މީހުން އުޅޭ ހިންނަވަރަށް މިވަގުތު ވިއްސާރަ ނުވެހުން ނަމަވެސް ވަރަށް ވައިގަދަ އެވެ. އަދި ކަނޑުވެސް ގަދަކަމަށާއި އުދަ އަރަމުން އަންނަނީ މިހާރުގެ ބަނދަރާއި ކުރީގެ ބަނދަރު ސަރަހައްދުންނެވެ. 

ލޮނުގަނޑު މުޅި ރަށަށް ފެތުރިފައިވާއިރު ގެތަކާއި ސިއްހީ މަަރުކަޒަށް ވެސް ވަނީ ލޮނުވަދެފަ އެވެ. އަދި ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް ވެސް އެކި ކަހަލަ ގެއްލުންދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުގެ ވާގަނޑު ކަނޑައިގެން ގޮސް، ލައްވުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. 

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި ރަށުގެ ބޭރު ތޮށި އިންނަ ގޮތުން އާންމުކޮށް މޫސުން ގޮސްވާ ދުވަސްވަރު އަބަދުވެސް އުދަ އަރާއި ގެއްލުންވެ އެވެ. އެގޮތުން އިރުވާ މޫސުމުގައި ބަނދަރު ބޭނުންކުރަން ދަތިވާ ވަރުވާކަން ވެސް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ރަށަށް މިހާރު ލޮނުގަނޑު އަރަމުންދާތީ ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އަންނަނީ ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް