ads
ސާރާ އާއި އޭނާގެ ބައްޕަ، ސައިފް--
ސައިފް ބުނީ ފައިސާ ހުރިއްޔާ ސާރާ ގެންދަންވީ ކަމަށް!
ސައިފް އަލީ ހާނާއި ސާރާ އަލީ ހާން، އެކުގައި ވަނީ ކޮފީ ވިތު ކަރަން އިން ފެނިގެންގޮސްފަ އެވެ. އޭގައި ދެ މީހުންގެ ތަފާތު ސީކްރެޓްތަައް ހިއްސާކޮށްފައިވެ އެވެ.
Advertisement

އޭގެ އިތުރުން ސާރާގެ ޕްރޮޓެކްޓިވް ބޯއީފްރެންޑެއް ހުންނަނަމަ އޭނާ ކައިރީ އަހާނީ ކޮން ތިން ސުވާލެއްތޯ ކަރަން ވަނީ ސައިފްއާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ސައިފް ބުނީ އެ މީހެއް ކައިރީ އަހާނީ ސިޔާސީ ގޮތުން އޭނާގެ ހިޔާލުތަކާއި މަސްތުވާތަކެތި ބޭނުންކުރޭތޯ ކަމަށެވެ. އަދި ފައިސާ ހުރިތޯ ވެސް އެއީ އަހާލަން ރަނގަޅު ސުވާލެއް ކަމަށް ބުންޏެވެ. 

އެއަށް ފަހު، ސައިފް ބުނީ ފައިސާ ހުރިއްޔާ ސާރާ ގެންދަންވީ ކަމަށެވެ. އެއާއެކު ލަދުގަނެފައި އިން ސާރާ ވަނީ އެހެން ބުނުމުން ނެގެނީ ނުބައި މާނައެއް ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން ސާރާއަށް ކުރެވުނު ސުވާލެއްގައި އޭނާ ވަނީ ކައިވެނިކުރަން ބޭނުން ވަނީ ރަންބީރު ކަޕޫރާ ކަމަށް ބުނެފަ އެވެ. އަދި ޑޭޓްކުރަން ބޭނުމީ ކާތިކް އާރިޔަންއަށް ކަމަށެވެ. އެއާއެކު ސައިފް ވަނީ އޭނާގެ އަތުގައި ފައިސާ ހުރިތޯ ސުވާލުކޮށް އެކަމަށް ޖޯކު ޖަހާފަ އެވެ. 

އެއާއެކު ސާރާ ވަނީ އެހެން ބުނަން ހެޔޮ ނުވާނެ ކަމަށް ބުނެފަ އެވެ.

ކަރީނާއާ ކައިވެނިކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާ ސިންގްއާ ކައިވެނިކޮށްފަ އެވެ. އެ މީހުން ވަރިވީ 2004 ވަނަ އަހަރެވެ. އެ ކައިވެންޏަށް ވަނީ ސާރާ އާއި އިބްރާހީމް ލިބިފަ އެވެ. 

ސާރާ ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނައިރު އިބްރާހީމް ވެސް ބޭނުންވަނީ ފިލްމީ ދާއިރާއަށް ނިކުންނާށެވެ. އެގޮތުން ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏަސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

5%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
77%
ވަރަށް ސަލާމް
ކޮމެންޓްސް