ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ގާނޫނުގައި ލަދު ކިޔާ މާއްދާއެއް ވާނަމަ އެ ރައްދުވަނީ އެމްޑީޕީއަށް: ސައީދު
އުންސުރު ހަމަވަނީ ސަރުކާރުން ބޭނުންވާ ވަކި މައްސަލަތަކެއްގައި ކަމަށާއި، ގާނޫނު އަސާސީގައި "ލަދު" ކިޔާ މާއްދާއެއް އޮތްނަމަ މިއަދު އެކަން ރައްދުވަނީ އެމްޑީޕީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 

ސައީދު ވިދާޅުވީ، އަލީ ވަހީދު ފުރުވާލީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި، އަލީ ވަހީދުއަށް ސަރުކާރުން ޓިކެޓު ނަގައިދިނީވެސް ސީދާ ރައީސް ސޯލިހުގެ އެންގުމަށް ކަމަށެވެ. 

ސައީދު ވިދާޅުވީ އެކަން ކުރުމަށްފަހު މިއަދު އެކަން ތަހުގީގު ކުރުމަށް ކަމަށް ބުނެ ރިޕޯޓެއް އެކުލަވާލުމުން، ގާނޫނު އަސާސީގައި ލަދު ކިޔާ މާއްދާއެއް އޮތްނަމަ މިއަދު އެކަން ރައްދުވާ ބަޔަކީ އެމްޑީޕީ ކަމަށެވެ. އަދި ސަބަބަކީ މިމައްސަލާގެ އުންސުރު ހަމަ ކުއްލިއަކަށް ހަމަޖެހުމުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

"މިމައްސަލާގަ ހަމަ ކުއްލިއަކަށް އުންސުރު ހަމަވެއްޖެ، ތިކިޖެހި ތާނާގައިވެސް ނެތް އެއްވެސް މައްސަލައެއް، އެކަމު ވެންޓިލޭޓަރު މައްސަލާގަ އުންސުރު ހަމައެއްނުވި، ހަމަ ކުއްލިއަކަށް އުންސުރު ދިޔައީ.. ދެން ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ ރައްޔިތުންގެ މެދުގަ ނުތަނަވަސްކަން އުފެދުނީ ކުއްލިއަކަށް އުންސުރު ހަމަވެއްޖެ..." ރިޕޯޓަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިއީ ދައުލަތުން ހިންގާ ބޮޑެތި ވައްކަން ކަމަށާއި، މިއީ "ވަގު" ސަރުކާރެއް ކަމަށެވެ. މިހެން ވިދާޅުވަމުން ސައީދު ވަނީ އަލީ ވަހީދު ފުރުވާލުމަށްފަހު ދިވެހި ކަނބަލުންގެ މޫނުގައި "ތިޔަ ޖެއްސެވީ" ނޫންތޯ ސުވާލު އުފައްދަވާފައެވެ. 

ރޭޕުގެ މައްސަލައެއް އައިމާ އުންސުރެއް ހަމައެއް ނުވޭ.. ފޭރުމުގެ މައްސަލައެއް އައިމަ އުންސުރެއް ހަމައެއް ނުވޭ.. ކޮންމެވެސް އަކުރެއްގަ ތިކި ނެތިގެން އުޅެން ޖެހެނީ.. ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެމްޑީޕީން އަންނަނީ ހުރިހާ ބާރެއް އެއްކޮށްލައިގެން މުޅި ގައުމު ފަސާދަ ކުރަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް