ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ހަގީގީ ލާމަރުކަޒީ ނިޒާމެއް ގެނެސްދިނީ މިސަރުކާރުން: ރައީސް
ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާހުތަކާ ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާހުތަކާ ގުޅިގެންކަން ކަމަށާއި، އެ ބަދަލުތަކާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި، އަންހެނުންގެ ހައްގުތައް ކަށަވަރުކުރެވުމާއެކު، ގައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދިއުންފަދަ މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި އިސްލާހުތަކާއެކު، ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރާއިރު ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށާއި، ހަމަ އެއާއެކު، އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭ ކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ލާމަރުކަޒީ ނިޒާމު އޮތް ގޮތުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން އޭރު ލާމަރުކަޒީ ނިޒާމު އޮތީ، ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް ނެތި، މުޅިން ގަޑުބަޑުކޮށްފައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ދާއިރާގެ ހިދުމަތްތައް ލާމަރުކަޒީކުރުމުގައި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑްގެ ދަތިކަމުގައި ހޭދަވި އަހަރަކަށް ވުރެ ގިނަ ދުވަހުތެރޭގައި، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލް އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ތަރައްގީ ކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް