މި ގޮތަށް ކަނޑައެޅީ ވޮލީބޯޅައިގެ ބައިނަލް އަގްވާމީ މައި އިދާރާ އެފްއައިވީބީ އަދި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަނުން އެކުލަވާލާފައިވާ އެޑްހޮކް ކޮމިޝަނުން ނެވެ.
އެޑްހޮކް ކޮމިޝަނުންވަނީ ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައި، އެކަމާ ގުޅޭ ގައިޑްލައިން މިހާރު ކަނޑައަޅާފައެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދުވަނީ ހަމަވެފައެވެ.
މިހާރު ކަނޑައަޅާފައިވާ ގޮތުން، ބުރާސްފަތި ދުވަހު ހަވީރު، ވޮލީގެ އިންތިހާބު އޮންނާނީ ވާޗުއަލްކޮށެވެ. އިންތިހާބުގެ ކަންކަން ވިލަރެސް ކުރާނީ އިލެކްޓޯރިއަލް ކޮމިޓީއެއްގެ ގެ ބެލުމުގެ ދަށުންނެވެ.