އިތާފުށި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
އިތާފުށިން ސާވިސަ ޗާޖުގެ ގޮތުގެ 2000 ޑޮލަރު
Share
މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވަލްޑޯފް އޮސްޓްރިއާ އިތާފުށިން 2000 އަށް ވުރެ ގިނަ ޑޮލަރު ކޮންމެ މުވައްޒަފަކަށް ދީފި އެވެ.
Advertisement

މި މަހުގެ ތެރޭގައި އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އިތާފުށިން ކަމަށް ވާއިރު "ރިސޯޓް ވޯކާސް މޯލްޑިވްސް" އިން ބުނެފައި ވަނީ މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 2،433 ޑޮލަރު (37،516.8ރ.) އިތާފުށިން ކޮންމެ މުވައްޒަފަކަށް ދީފައި ވާ ކަމަށެވެ. 

ވެލާ ރިސޯޓަކީ އާންމު ގޮތެއްގައި އެންމެ ބޮޑު ސާވިސް ޗާޖެެއް މުވައްޒަފުންނަށް ދޭ ރިސޯޓުގެ ގޮތުގައި ފާހަގަ ވެފައިވާ ރިސޯޓަށް ވީއިރު މި މަހުގައި އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައި ވަނީ 2،303 ޑޮލަރު (35،512ރ.) އެވެ. މިއާއެކު މި މަހުގައި ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ރިސޯޓަކަށް ވެފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.

މީގެ އިތުރުން މި މަހުގައި ވައްކަރު މޯލްޑިވްސް، ޖޯލި މޯލްޑިވްސް، ނިޔާ އާއި ފޯ ސީޒަން އަދި ނޯޓިލަސް އިން ވެސް ވަނީ 1،000 ޑޮލަރަށް (15،420ރ.) އަށް ވުރެ ބޮޑު ސާވިސް ޗާޖެއް ދީފައެވެ. 

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު މިހާރު އަނެއްކާވެސް ފަތުރުވެރިކަމުގެ ސިނާއަތު ދަނީ މަޑުމަޑުން ކުރިއަރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް