ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
އަބްދުރަހީމް ހަޑިހުތުރު އެއްޗެހި ކީ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މާދަމާ!
އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅޮ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

 އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި، ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް މާދަމާ މެންދުރު 11:00 ހާޒިރުވުމަށް އަބްދުރަހީމްއަށް އަންގާފައިވާއިރު، މާދަމާ އޮންނާނީ މިމައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ވާހަކަ ދެއްކުމެވެ. 

އަބްދުރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަަނަ ދުވަހުއެވެ. މި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާ ކޮށްފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާއުފުލުމާ ގުޅިގެންނެވެ. އެމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކުމަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް