ads
ކާފިއު
މާލެ ސަރަހައްދުގައި ކާފިއު އުވާލައިފި
މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިއަދު އާންމު ކުރި އިއުލާނުގައި ވަނީ، މާލެ ސަރަހައްދުގައިރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރި ކުރުން ބާތިލު ކުރުމުގެ އިތުރުންވެސް ގިނަ ލުއި ތަކެއް ދީފައެވެ. 

އެގޮތުން އެޗްޕީއޭއިން ކަނޑައާޅާފައިވާ ގައިޑުލައިނުތަކާއި އެއްގޮތަށް ކާބޯތަކެތީގެ ހިދުމަތްފޭ ތަންތަން އެކަމާ ގުޅޭ އިދާރާތަކުން ކަނޑައާޅާ ގޮތެއްގެ މަތިން ހުޅުވުން، ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ހުޅުވާލުން އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުމަށް ހުޅުވާލުމަށް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.

މީގެ އިތުރުން އެޗްޕީއޭއިންގެ ގައިޑުލައިނުތަކާއި އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކްލާސްތައް ކުރިއަށް ގެންދިއުމަށް ހުޅުވާލުމާއި، އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑުލައިނުތަކާއި އެއްގޮތަށް ޑޭކެއާ ހިދުމަތްދޭ ތަންތަނުން ދެމުންގެންދާ ހިދުމަތް ދިނުމަށް ހުޅުވާލުމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީ ސްކޫތަކާއި ނާސަރީތަކުގައި ކިޔަވައި ދިނުމަށް އެޗްޕީއެއިން ވަނީ ހުއްދަ ދީފައެވެ.

މިއީ މިދިޔަ މަހު 12ގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް ކަމަށްޕްރީ ސްކޫލުތަކާއި ނާސަރީތ އެޗްޕީއޭއިން މިއަދު ގެޒެޓު ކުރި ލިޔުމުގައި ބުނެފައިވެއެވެ. 

މި ބަދަލުތައް ގެނައުމަށް ނިންމި ނަމަވެސް، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނީ ފުލުހުން ކަމަށް އެޗްޕީއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް