ads
ފޮޓޯ---
މާލޭ މަގުތަކުގައި ހުރި ގަސްތައް، މަލުން ފުރި ބާރާވެފައި: އާ ކަމެއް؟
މާލޭ ސަރަހައްދުގައި މަގުތަކުގައި ހައްދާފައި ހުންނަ ގަސްތަށް މަލުން ފުރިފައިވާ މަންޒަރަކީ އާ މަންޒަރެއް ނޫނެވެ. ނަމަވެސް އެގަސްތަށް މަލުން ފުރިބާރާވެފައިވާ މަންޒަރު އެކި ފަރާތްތަކުގެ ލޮލުގައި އަޅައިގަނެ މިހާރު މި ވަނީ މިކަން ގިނަ ބެއެއްގެ ސަމާލުކަމަށް އައިސްފަ އެވެ.

އެގޮތުން މާލޭގެ އެކި ސަރަހައްދުގައި ހައްދާފައިވާ މަޑިމަސްވަކަރު ގަސްތައް ވަނީ މަލުން ފުރި ބާރާވެފަ އެވެ. އެގަސްތަކުގައި މާ އަޅާފައިވާއިރުގައި ހީވަނީ ޖަޕާނުގެ ޗެރީ ބްލޯސަމް ގަސްތަކެއްހެން ކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ. 

އަދި އެ ރީތި މަޑުފިޔާދޮށި ކުލައިން ޖަރީވެފައިވާ ގަސްތަކުގެ ފޮޓޯނަގަން ގިނަ ބަޔަކު އެގަސްތައް ހުންނަ ސަރަހައްދަށް އެއްވާ މަންޒަރުވެސް ފެނެ އެވެ.

your imageމަޑިމަސްވަކަރު ގަސް

ބައެއް މީހުން ބުނަމުންދަނީ އެ ގަސްތައް ހިމާޔަތް ކުރުމަށެވެ. އަދި މާލޭގެ ގިނަ ސަރަހައްދުތަކުގައި އެ ގަސްތައް އިންދުމަށެވެ.

މީގެ އިތުރުން ވެސް މީހުންގެ ސަމާލުކަން އަތުލާފައިވަނީ ހުޅުމާލޭގައި ހައްދާފައިވާ ރީންދޫކުލައިގެ މާ އަޅާ ގަސަތަކަށެވެ. މަގުގެ އެއްފަރާތުން އަނެއް ފަރާތަށް އެގަސްތައް އިންދާފައިވާއިރުގައި ރީންދޫ ކުލައިގެ ވެޔޮގަނޑެއްހެން އެލިފައިވާ މާތަކުން ވެސް ގިނަ ބައެއްގެ ހިތްތަކަށް ވަނީ ހިތްހަމަ ޖެހުން ގެނެސްދީފަ އެވެ.

your imageފޮޓޯ--ސޯޝަލް މީޑިއާ

އެމާތަކުގެ ފޮޓޯތައްވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި އެކަން ގިނަ ބައެއްގެ ސަމާލުކަމަށް ވެސް ވަނީ އައިސްފަ އެވެ.

ހުޅުމާލޭގައި ހައްދާފައި ހުރި ރަތްކުލައިގެ ބޮޑެތި މާއަޅާ ގަސްތަކުގެ ރީތިކަމުގެ ވާހަކަ ނުދެއްކިއްޔާ ދެރަ އެވެ. އެ ގަހުން މުޅިތަން ހިޔާވެފައި އޮންނަ އިރުގައި މުޅި ގަސްދޮށަށް އޮންނަނީ ރަތްކުލައިގެ ކުދިކުދި ފިޔަތަށް ވެރިފަ އެވެ.

your imageފޮޓޯ--ސޯޝަލް މީޑިއާ

އެމަންޒަރު ފެންނަ ކޮންމެ މީހަކު އާޝޯހު ވެގެން ދެއެވެ. 

ކޮންމެއަކަސް މާލޭ ސަރަހައްދުގައި ހައްދާފައިވާ ގަސްތަކުގައި ޖަރީވެފައިވާ ރީތި އެކި ކުލަކުލައިގެ މާގަސްތަކުން މާލޭ ސިޓީގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދީފި އެވެ. 

87%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް