ނަތާ މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތު ކުރަމުން ދާއިރު އޭނާ ވަނީ ދިވާސްގެ މޮޑެލެއްގެ ގޮތުގައި ވެސް ފެނިފަ އެވެ.
މިކަމާ ގުޅިގެން ސީއެންއެމްގެ "ފިލްމީ އޮއިވަރު" ޕްރޮގްރާމްގައި ކުރެވުނު ސުވާލަށް ޖަވާބު ދެމުން ނަތާ ބުނެފައި ވަނީ އަސްލު މޮޑަލިން އިންޑަސްޓްރީ އަށް ނުނިކުންނަ ކަމަށެވެ.
ދިވާސްގެ އާއަހަރު ފެޝަން ޝޯއަށް އޭނާ އަރާފައި ވަނީ ދޮނާގެ އެދިލުމުގެ މަތިން ކަމަށް ވެސް ނަތާ ވަނީ ބުނެފަ އެވެ. އަދި އޭނާ މޮޑަލް ކުރަން ބޭނުން ނުވާކަމަށް ވެސް ނަތާ ބުނެފައި ވެއެވެ.
ފިލްމީ ދާއިރާ މީހުންގެ މެދުގައި ނަތާ މަޝްހޫރު ވެފައި ވަނީ "ފަޖުރު ތަރި" ގެ ނަމުން ނެވެ. އަދި ނަތާގެ ބޮލަށް އެކްޓުކުރުމުގެ ވިސްނުން ފުރަތަމަ ފަހަރަށް ވަނީ، އެކްޓަރު/ޑައިރެކްޓަރު މުހައްމަދު މުންތަސިރު (މުންކޮ) ބައިސްކޯފަށް ހެދި ސީރީޒަކުން އޭނާއަށް ފުރުސަތު ދިނުމުން ކަމަށް ވެސް ނަތާ ކިޔާދިނެވެ.
އެއީ 2019 ގައި ގެނެސްދިން "ތިން ބިބީ" ކިޔާ ސިޓްކޮމް ސީރީޒެކެވެ. އޭގެ ކުރިން މުންކޮއާ އެކު އެކްޓިން ދަސްކޮށްދޭ ވޯކްޝޮޕެއްގައި ވެސް ނަތާ ވަނީ ބައިވެރިވެފަ އެވެ.