އަމްރު---
ރަށްވެހި ފަތިހުގެ ލަވަޔަކަށް ނަށާލުމަކީ މައްސަލައެއް ނޫން: އަމްރް
Share
ރަށްވެހި ފަތިސް ކެންޕެއިން ލަވައަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރް ހިމެނޭހެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ނަށާތަން ފެންނަ ވީޑިއޯއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އަމުރް ރައްދުދެއްވައިފި އެވެ.
Advertisement

މި ވީޑިއޯއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން އަމްރް ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު ޕާޓީގައި އެކުގައި މަސައްކަތްކުރާ ކަމަށެވެ. އަދި އަމްރް ވަނީ އަބަދު ވެސް ކެމްޕެއިން ތަކުގައި ލަވަޖަހާ ބޮޑުބެރަށް ނަށާ އެންމެން އެކީ ކައިހެދުމަކީ އާއްމު ކަމެއްކަން ފާހަގަކުރައްވާފައެެވެ. 

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަދި މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަމުރް ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް އާޒިމް ހިއްސާކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އާޒިމް މި ވީޑިއޯ ހިއްސާކޮށް ބުނެފައިވަނީ އޭނަ މަސައްކަތްކޮށްފައިވަނީ އެހެންމީހުންނަށްވުރެ މޮޅަށް ނަށަން ނޫންކަމަށާއި އޭނަ މަސައްކަތްކުރީ އޭނައަށްވުރެ މޮޅަށް ނެށޭތޯ ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް