ads
ފޮޓޯ: އަވަސް
ވޯޓު ދެއްވާއިރު ވިސްނަވާތި: ރައީސް ނަޝީދު
މިމަހުގެ އެޕްރީލް 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވޯޓުދެއްވާއިރު، ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެންފި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުކަމުގެ ދުވަސްވަރު ފުރަމާލޭގައި އިމާރާތް ކުރުން ގިނަވެ ޑީވޯޓާ ކުރުމަށް އެޅުނު ވަގުތީ ހޮޅިތައް ފެންނަ ފޮޓޯއެއް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ،  ވޯޓުދެއްވާއިރު ވިސްނެވުމަށާއި، "ދަރިފުޅު ފެންވެރުވި ފެނާއިއެކު، ދަރިފުޅު އެއްލާ ނުލެއްވުމަށް" އިލްތިމާސްކުރައްވާފައެވެ.

ނަޝީދު ވަނީ އެންމެންވެސް އެމްޑީޕީއަށް ވޯޓުދެއްވުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. ނަޝީދު ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ކޯޯލިޝަނުން ކެމްޕެއިން ކުރުމަށް ބޭުނުންކުރާ ބެނާ ދަމާފައިވާތަނެވެ. އެ ބެނާގައި ވަނީ "ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރެވިފައިވާ ހިތްފަސޭހަ އަމާން މަގުތައް" މިގޮތަށް ލިޔެފައެވެ.

 

ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒަށް ފާޑުވިދާޅުވެ، މި ޓްވީޓް ކުރައްވާފައިވާއިރު، ޑރ. މުއިއްޒު ގެންދަވަނީ މިފަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ. ޑރ. މުއިއްޒުވަނީ މާލޭގެ ތަރައްގީއަށް ހައުސިން މިނިސްޓަރެއްގެ ހައިސިއްޔަތުން ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 

އަދި މިހާރު މާލޭ ސަރަހައްދުތަކުން ފެންނަ ހިތްފަސޭހަ މައިޒާންތަކާއި ޕާކުތަކާއި ބްރިޖް ހެއްދެވީވެސް އެމަނިކުފާނުގެ ވަޒީރުކަމުގެ ދަށުންނެވެ.  އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެން ވަނީ އޭގެ ގިނަ ތަންތަން ރޫޅާލައްވާ، ބަދަލުތަކެއްވެސް ގެންނަވާފައެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް މި ސަރުކާރުން މާލޭ ސަރަހައްދުގައި ހެއްދެވި ޕާކުތަށްވެސް ނަކަލް ކޮށްފައިވަނީ އެމަނިކުފާނުގެ ވަޒީރުކަމުގެ ދަށުން ހައްދަވާފައިވާ ޕާކުތަކާއި އެއްގޮތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް