ޝްރައްދާ ވަނީ މިއަދު އިންސްޓަގްރާމްގައި އޭނާގެ ކުއްތާގެ އުފަންދުވަސް ފާހަގަކުރާ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
އެވީޑިއޯއިން ފެނިގެންދަނީ ޝްރައްދާ އާއި އޭނާގެ ރައްޓެހިން ކުއްތާ އަށް ކޭކު ކާންދޭ މަންޒަރެވެ. އަދި ކުއްތާ ކޭކު ކާ ގަޑީގަ ފަހަތުގަ ތިބި ޝްރައްދާ އާއި ރައްޓެެހިން "ހެޕީ ބާތުޑޭ" ލަވަ ކިޔާ މަންޒަރުވެސް ފެނިގެން ދިޔައެވެ.
ޝްރައްދާގެ ކުއްތާ އަށް ކިޔަނީ ޝައިލޯ އެވެ.
ކުއްތާ ކޭކު ކަނީ
މިފަހުން ރާއްޖޭގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ދިޔަ ޝްްރައްދާ މިހާރު މިވަނީ އަނބުރާ މަަސައްކަތަށް ނިކުމެފަ އެވެ. އޭނާ މިވަގުތު އަންނަނީ ދެ ތިން ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.