
އެ ބޯޓު ފުންކޮށްފައިވަނީ މީގެ ހަފްތާއެއް ކުރިން ނެވެ. ބޯޓު ފުންކޮށްގެން ނެރުނު ނަމަވެސް، އެ ކަނަލް އަލުން ފުންކުރުމަށް ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އެއީ އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް ހިންގުނު އޮޕަރޭޝަނެކެވެ.
ސުއޭޒް ކެނަން ހުޅުވުމުގެ މަސައްކަތް ކުރަނީ:
އެ ނެރު އޮޕަރޭޓުކުރާ މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީ އިން މިއަދު ބުނެފައިވަނީ އެ ނެރު ބަންދުވުމުގެ ސަބަބުން އެ ސަރަހައްދުގައި މަގު ބަންދުވެފައި ތިބި 422 ބޯޓު މިއަދު އެ ނެރު ހުރަސް ކޮށްފައިވާ ކަމަށެވެ.
ބޯޓު ފުން ކުރެވިފައި ވަނީ އެސްއެމްއައިޓީ ސެލްވޭޖް ކުންފުނީގެ 10 ޓަގް ގެ އެހީގައި ނިމުނު މާރިޗު މަގުގެ 29 ވަނަ ދަންވަރުން ފެށިގެން ކުރި މަސައްކަތުންނެވެ.
ސުއޭޒް ކެނަލް ސަރަހައްދު އިތުރަށް ފުން ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު މި ކެނަލް 18 މީޓަރު އަޑިއަށް ފުން ކުރުމަށް ވަނީ ނިންމާފައެވެ.
ދުނިޔޭގެ ހުޅަނގާއި އިރުމަތީ ބިތަށް މުދާ އުފުލުމުގައި ބޭނުން ކުރާ މައި މަގު ކަމުގައިވާ ސުއެޒް ކެނަލް ބަންދު ވުމާއި ގުޅިގެން އެސަރަހައްދުން ދަތުރުކުރާ ބޯޓުތައް މިވީ ދެ ހަފްތާއެއްހާ ދުވަހު ވަނީ މަޑުޖެހިފައެވެ.
މީގެ ސަބަބުން މުޅި ދުނިޔޭގެ ސަޕްލައި ޗެއިން އަށް އޭގެ އަސަރު ކުރިއެވެ. އެ މަގުން ދަތުރު ކުރާ ބޯޓުތަކުން ރާއްޖެއަށް ބޭނުންވާ މުދާ ވެސް އުފުލާއިރު މިއީ ރާއްޖޭގެ ބާޒާރަށްވެސް އޭގެ ސަބަބުން ބޮޑެތި އަސަރުތައް ކުރާނެ ކަމެކެވެ.