ads
ދިއްގަރު ރިހާކުރު
ދިއްގަރު ރިހާކުރު ސްޕްގެޓީ އިޓަލީ މީހުންނަށް ކަމުގޮސްފި
ދިއްގަރު ރިހާކުރު އިޓަލީ ވިލާތުގައި މާކެޓް ކުރެވިދާނެ ކަމަށާއި އޭގެން ވަރަށް މީރުކޮށް ސްޕެގެޓީ ހެދޭ ކަމަށް ސެރޭނާ ނަމަކަށް ކިޔާ އިޓަލީ އަންހެނެއް ބުނެފިއެވެ.

ސެރޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު 20 އަހަރު ވެފައި ވާއިރު އޭނާއަށް ދިއްގަރު ރިހާކުރު ވަނީ ވަރަށް ކަމުގޮސްފައެވެ.

 މިކަން ހާމަވެގެން ގޮސްފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ވީޑިއޯ ޓްވީޓެއްގައެވެ. 

މި ވީޑިއޯގައި ސެރޭނާ ބުނެފައި ވަނީ ދިވެހި ރިހާކުރަކީ އޭނާއަށް ވަރަށް ކަމުދާ އެއްޗެއް ކަމަށާއި، އޭނާ އާންމު ގޮތެއްގައި މި ރިހާކުރު ގަންނަނީ އެންޒީ އިން ކަމަށެވެ. 

ނަމަވެސް ދިއްގަރު ރިހާކުރަކީ އެހެން ރިހާކުރު ތަކާއި ތަފާތު އެއްޗެއް ކަމަށާއި، އޭނާ އަށް ފުރަތަމަ ދިއްގަރު ރިހާކުރު ލިބުނީ މެމްބަރު އިކްރާމްގެ އޮފީހުން ކަމަށް ވެސް އޭނާ ބުންޏެވެ. 

"ރިހާކުރުން ވަރަށް މީރުކޮށް ސްޕެގެޓީ ހެދޭ. މިހާރުވެސް ސަފާރީގައި ރިހާކުރުން ސްޕެގެޓީ ހަދާ، މި ސްޕެގެޓީ ހުރިހާ ގެސްޓުންނަށް ވެސް ވަރަށް ކަމުދޭ،" ވީޑިއޯގައި އިޓަލީ މީހާ ބުނެފައިވެއެވެ.

އެހެން ދިއްގަރު ރިހާކުރު އިޓަލީ ވިލާތުގައި އިޝްތިހާރުކޮށް، މާކެޓް ކުރެވޭނެ ގޮތެއް ހޯދަމުންދާ ކަމަށް ވެސް އޭނާ ވަނީ މި ވީޑިއޯގައި ބުނެފައެވެ. 

ރިހާކުރަކީ ދިވެހިންގެ އާންމު ކެއުމުގައި ބޭނުން ކުރާ ދިވެހީންގެ ހާއްސަ އުފެއްދުމެއް ކަމުގައި ވާއިރު، ދިއްގަރު ރިހާކުރަކީ ދިވެހީންގެ ތެރޭގައި ވެސް އޭގެ ރަހައިގެ ތަފާތު ކަމާއި، މީރު ކަމަށް މަޝްހޫރު ވެފައި އޮންނަ ރިހާކުރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް