ads
ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރްޔަމް ވިސާމް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް
ކުންފުނި ހަދައި ވިޔަފާރި ކުރަން ކައުންސިލްތަކަށް ހުއްދަ ދީފި
ކުންފުނި ހަދައި އަމިއްލަ ފަރާތްތަކާއެކު ފިޔަފާރި ކުރަން ކައުންސިލްތަކަށް ހުއްދަ ދީފިއެވެ.

އެ ހުއްދަ މިއަދު ކައުންސިލްތަކަށް ލިބުނީ ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު މިއަދު ގެޒެޓް ކުރުމާއި ގުޅިގެންނެވެ. 

އެ ގަވާއިދުގައި ބުނެފައިވާތޮތުން ކައުންސިލަތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި ހަދަން އިކޮނިމިކް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. 

އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ހިއްސާގައި ބައިވެރިވުމާއި، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވެއެވެ. ނަމަވެސް އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދާން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނާންޖެހޭނީ، %20 އަށްވުރެ އިތުރުނުވާނެ މިންވަރަކަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ. 

ގަވާއިދަށް އަމަލުކުރާން ފަށާއިރު، ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރީގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ވިޔަފާރި ހަރަކާތްތައް ހިންގާންވާނީ، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކޮށް، އެ ކުންފުނީގެ ދަށުންކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް