ads
ފޮޓޯ:ވީނިއުސް
ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 3000އިން މައްޗަށް
ކޮވިޑް 19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 3000އިން މައްޗަށް އަރައިފި އެވެ

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުން މިއަދު ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 2،016 މީހަކު ޖަހާފައެވެ. އެއާއިއެކު މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 3،737އަށް އަރާފައެވެ. 

މީގެ އިތުރުން އަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭން ފަށާފައިވާއިރު މިއަދު ވަނީ 3،147 މީހުން މި ޑޯޒް ފުރިހަމަކޮށްފައެވެ. 

މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހިމީހުންގެ އަދަދު ވަނީ 246،896އަށް އަރާފައެވެ.

އެޗްޕީއޭއިން ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖެހުމުގެ ކަންކަން މާލެ ސަރަހައްދުގައި ފަށާނެކަން މިދިޔަ ހަފްތާގެ ތެރޭގައި އިއުލާނުކޮށްފައެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން އިއްޔެ ފެށިއިރު މިވެކްސިން ޖެހުމަށް ދާއިރު، އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ފަދަ، ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިއުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ފުރަތަމަ ޑޯޒު ޖެހުމުން ލިބުނު ވެކްސިން ކާޑު ގެނައުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ހުން އައިސްފައި ހުރި ނަމަ، ނުވަތަ ބަލީގެ އަލާމާތެއް ހުރި ނަމަ އަދި ތިބާ އަކީ ޕޮޒިޓިވް މީހެއް ނަމަ މި ވެކްސިން ނުޖަހާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް