490 މީހުންނާއެކު މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެ ރޭލު އެކްސިޑެންޓްވެފައި ވަނީ އެގައުމުގެ ޓައިޓަންގް ރީޖަން އަށް ދަތުރު ކުރަމުންދަނިކޮށް ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ރޭލު ރެއިލް ދަނގަޑުން ކަހާލައިގެން ދަތުރު ކުރަމުންދިޔަ ޓަނަލްގެ ފާރަށް އަރައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާދިސާގައި ޓްރެއިން ދުއްވަމުންދިޔަ ޑްރައިވަރު ވެސް ވަނީ މަރުވެފައެވެ.
އެގައުމުގެ ޓްރާންސްޕޯޓް މިިނިސްޓަރު ލިން ޗިއާ ލަންގް އިސްތިއުފާ ދިނީ އެހާދިސާގެ ޒިންމާ ނެގުމުގެ ގޮތުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.