ads
ގޯވިންދާ
ގޯވިންދާއަށް ވެސް ކޮވިޑް ޖެހިއްޖެ!
1980 އަދި 1990 ގައި ބޮލީވުޑްގައި ފިޔަޖަހާލި ތަރި ގޯވިންދާއަށް ވެސް ކޮވިޑް ޖެހިއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ އޭނާގެ އަންހެނުން ސުނީީތާ އަހޫޖާއެވެ. ސުނީތާ ބުނީ ގޯވިންދާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިއަދު ކަމަށެވެ. އެހެންނަމަވެސް އޭނަގެ ހުރީ ވަރަށް ކުދި އަލާމާތްތަކެއް ކަމުން މިވަގުތު ހުރީ ހޯމް ކަރަންޓީންގައި ކަމަށް ބުނެފައިވެއެވެ.

ގޯވިންދާ ޕޮޒިިޓިވްވުމާއިއެކީ އޭނާގެ މުޅި އާއިލާ މިހާރުވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ. އެހެންނަމަވެސް އަދި އެމީހުން ޕޮޒިޓިވް ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނުވެއެވެ. 

ނަވާރަސަތޭކަ އަށްޑިހަ ހަ ވަނަ އަހަރު ގޯވިންދާ ބޮލީވުޑަށް ތައާރަފްވީ ފިލްމު އިލްޒާމް އިންނެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭ ކޫލީ ނަމްބަރު ވަން، ހީރޯ ނަމްބަރު ވަން، ރާޖާ ބާބޫ، ދުލްހޭ ރާޖާ، ޕާޓްނާ، އާކޭ އަދި ބަޅޭ މިޔާ ޗޯޓޭ މިޔާ ހިމެނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް