ads
ޖަމީލް އަދި ނަޝީދު--
ރައްޔިތުންގެ ޖީބުން މެމްބަރުން ހަރަދުކުރުމަކީ މުޑުދާރުކަމެއް: ޖަމީލް
ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، މެންބަރުން އެ މެންބަރެއްގެ ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމުމައި ގުޅިގެންނެވެ. 

ޖަމީލް މިއަދު ވިދާޅުވީ މެންބަރުންގެ އަމިއްލަ ދަތުރުތަކަށް ލާރި ނެގުން ގާނޫނާ ހިލާފުކަމެއް ކަމަށެވެ.

"ޖަމީލް މިއަދު ވިދާޅުވީ މެންބަރުން އަމިއްލަ ޕާޓީ،އާއިލާ،ގެދޮރަށް ކުރާ ދަތުރު ހަރަދު ނެގުމަކީ ގާނޫނާ ހިލާފް ކަމެއް ރިކަންކުރާ ޕާޓީ ބޭނުންހާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެ. ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރުކަމެއް،" - ޖަމީލް -

ރައްޔިތުން މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ ދާއިރާ ތަކަށް ކުރައްވާ ދަތުރު ތަކަކީ ރަސްމީ ދަތުރުގެ ގޮތުގައި މަޖިލީހުގެ އާންމު ކޮމިޓީއިން ކަނޑައަޅައިފައިވަނީ އިއްޔެއެވެ. 

މަޖިލީހުގެ ގަވާއިދުގެ 240 ވަނަ މާއްދާއަށް ރިއާޔަތްކޮށް މެމްބަރުން އެބޭފުޅުންގެ ދާއިރާ ތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުގެ ގޮތުގައި ނިންމާފައިވާ ކަމަށް މިއަދުގެ މަޖިލީހުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަދަ ދަތުރު ތަކުގައި ދަތުރުގެ މައުލޫމާތާއެކު މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ ކަމަށާއި، ދަތުރު ކުރެވޭނީ އިދާރާއިން ހުއްދަ ދިނުމުން ކަމަށް ވެސް ކޮމެޓީން ވަނީ ނިންމާފައެވެ. 

މިފަދަ ދަތުރެއްގައި ވާ މެމްބަރުން މަޖިލީހުގެ ހާޒިރީގައި އަދި ކޮމިޓީގެ ހާޒިރީގައި ވެސް ފާހަގަ ކުރާނީ ރަސްމީ ދަތުރުގައި ކަމަށާއި، މެމްބަރުން ދަތުރުގައި ހުންނަވާއިރު މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރި ވާން ބޭނުން ނަމަ އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށްވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް