ads
މީހެއްގެ ތުނބުޅި ހުރި ފޮޓޯ އަކާއި ނެތް ފޮޓޯއެއް
ތުނބުޅި ނެތީމަ ބިޓެއް ނުވެފަތަ؟ މިއޮތީ ހައްލު!
ރީތި ސްޓައިލަކަށް ތުނބުޅި ބެހެއްޓުމަކީ ކޮންމެ ޒުވާން ފިރިހެނަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމެކެވެ. ނަމަވެސް ރީތި ސްޓައިލެއްގައި ތުނބުޅި ބެހެއްޓޭނީ ވެސް ތުނބުޅީގައި އިސްތަށި ހުރެގެންތާއެވެ.

ތުނބުޅި ނުފަޅުމަކީ ބައެއް ދިވެހި ޒުވާނުންގެ ވެސް ކަންބޮޑު ވުމަކަށް ވެފައި ވާއިރު، ތުނބުޅި ނެތުމުން މިފަދަ މީހުންނަކީ "ކުކުޅު ބިހެއް" ކަމަށް ބުނެ ޖޯކު ޖަހާލުމަކީ ރައްޓެހިންގެ އާދައެކެވެ. 

ތުނބުޅީގައި އިސްތަށި ނެތުމުން ބިޓެއް ނުވެފައި ތިބި މީހުންވެސް ވަކި މަދެއް ނޫނެވެ. އެހެންކަމުން ބައެއް މީހުން ތުނބުޅި ފަޅުވަން ތަފާތު ގިނަ މަސައްކަތް ތަކެއްވެސް ކޮށްފައި އެބަހުއްޓެވެ.

ފިރިހެނުންގެ ތުނބުޅީގައި އިސްތަށި ނުފަޅަން ދިމާވާ މައިގަނޑު އެއް ސަބަބަކީ އާއިލީ ގޮތުން ވާރުތަ ވެފައިވާ ޖެނެޓިކަލް މައްސަލައެވެ. ޖެނެޓިކަލް މައްސަލައެއް ނެތް ކަމުގައި ވިޔަސް ޓެސްޓޮސްޓެރައުން ލެވެލް ދަށް ވެފައި ވާނަމަވެސް ތުނބުޅި ފެޅުމުގައި ލަސްތަކެއް ހުރެއެވެ. 

މިފަދަ މައްސަލަ ތަކާއި އެކުގައިވެސް ތުނބުޅި ފެޅުވޭނެ ތަފާތު ރެސިޕީތައް މިއަދު އެބަހުއްޓެވެ. ކޮސްމެޓިކްސް ފިހާރަ ތަކަށް ގޮސް ބޮޑު އަގުގައި ބިއާޑް އޮއިލް ގަނެގެން އެ ބޭނުން ކުރުމުގެ އިތުރުން ގޭތެރޭގައި އަމިއްލައަށް ތައްޔާރު ކޮށްލެވޭނެ ރެސިޕީ ތަކެއް ވެސް މިއަދު އެބަހުއްޓެވެ. މިފަދަ ރެސިޕީއެއް ތައްޔާރު ކޮސްލެވޭނެ ގޮތް ކިޔައިދޭނަމެވެ. 

ފުރަތަމަ ކަމަކަށް ފިޔައެއް ހިމުންކޮށް ގާނާލާށެވެ. އަދި ތައްޓަކަށް އެ ފުރޭނުމަށް ފަހު ދެ ސަމްސާ ކާށިތެޔޮ އެއަށް އެއްކޮށްލާށެވެ. އެއަށް ފަހުގައި ވިޓަމިން އީ ކެޕްސިއުލް އެއް ކަނޑާލުމަށްފަހު އޭގެ ދިޔަ ކާށި ތެލާއި ފިޔާގެ ދިޔަ އާއި އެކޮށް ރަނގަޅަށް މިކްސް ކޮށްލާށެވެ. 

ފުޅިއަކަށް އަޅާފައި ފްރިޖްގައި މި ރެސިޕީ ހަތް ދުވަސް ވަންދެން ބެހެއްޓޭނެއެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިންކަފަކޮޅަކުން ތުނބުޅިގައި މި ރެސިޕީ ހޭކުމަށްފަހު އެންމެ މަދުވެގެން ގަޑިއިރެއް ވަންދެން ބަހައްޓާށެވެ. އެރޭ އެއްކޮށް ބަހައްޓައިފި ނަމަ މީގެ ނަތީޖާ އަވަހަށް ފެނިގެންދާނެއެވެ. 

މި މަގުން ކަންތައް ކުރާތާ މާ ގިނަ ދުވަސްތަކެއް ނުވެ ތުނބުޅި ފަޅާފާނެއެވެ. އޭރުން ރައްޓެހިންގެ މަލާމާތާ ކުރިމަތި ލާކަށް ނުޖެހޭނެއެވެ. އަދި ތުނބުޅި ނެތިގެން ބިޓެއް ނުލިބިގެން އުޅޭކަށް ވެސް ނުޖެހޭނެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް