ads
ތުރުކީގެ ރައީސް ސިފައިންނާ ބައްދަކު ކުރަނީ--
ތުރުކީ ސަރުކާރަށް ފާޑުކިޔާތީ ކުރީގެ ދިހަ ސިފައިން ހައްޔަރުކޮށްފި
ސަރުކާރަށް ފާޑުކިޔާތީ ތުރުކީގެ އަަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި 10 ސިފައިން ހައްޔަރުކޮށްފިއެވެ.

ރިޓަޔާކޮށްފައިވާ 10 އެޑްމައިރަލުން ހައްޔަރުކޮށްފަ މިވަނީ 100 އަށް ވުރެ ގިނަ ސީނިއާ ރިޓަޔާޑް ނޭވީ އޮފިސަރުން ތުރުކީގެ ހިންގައިފަވާ އަސްކަރީ ބަގާވާތްތަކާ ސަރުކާރުގެ އޮފިޝަލުންނާ ގުޅުން އޮންނަ ކަމަށްބުނެ ނެރުނު ބަޔާނަކަށް ފަހުއެވެ.

ތުރުކީ ސަރުކާރުން ހިންގާ އަނަދުލު ނޫސް އޭޖެންސީ އިން ރިޕޯޓުކުރާ ގޮތުގައި 10 އެޑްމައިރަލުން ހައްޔަރުކޮށްފައިވަނީ އޮފިސަރުން ނެރުނު ބަޔާނާ ގުޅިގެން އަަންކާރާގަ ހުންނަ އެގައުމުގެ ޗީފް ޕްރޮސެކިޓަރު ހިންގާ ތަހުގީގަކަށް ކަމަށެވެ. 

ތަހުގީގަށް އިތުރު ހަތަރު މީހުން ފުލުހަށް ހާޒިރުވުމަށް ޕްރޮސެކިޓަރުވަނީ އަމުރުކޮށްފައެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައި ނުވަނީ އެމީހުންގެ އުމުރަށް ބެލުމަށްފަހު ކަމަށް ރިޕޯޓްތަށް ބުނެއެވެ.

އެމީހުންގެ މައްޗަށް ތުހުމަތުކުރަނީ ހަމަނުޖެހުން އުފައްދައިގެން ގާނޫނު އަސާސީގެ ބާރުކަޑުވާލަން އުޅުނުކަމުގެ ތުހުމަތެވެ. 

ކުރީގެ އަސްކަރިއްޔާގެ ވެރިން ހައްޔަރުކުރަން ފަށާފައި މިވަނީ އަސްކަރިއްޔާއިން މީގެކުރިން ސަރުކާރުތައް ބަދަލުކުރިގޮތުގެ ވާހަކަ ހަދާން ކުރަން ޖެހޭ ކަމަށް ބުނެ 104 ރިޓަޔާޑް އެޑްމައިރަލުން ސޮއިކޮށް ނެރުނު ބަޔާނަށް ފަހު އެވެ.

އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އޮފީހުން ވަނީ ކުރީގެ އަސްކަރީ ލީޑަރުން ނެރުނު ބަޔާން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.  

ތުުރުކީގެ ޑިފެންސް މިނިސްޓްރީ އިން ވަނީ އެބަޔާނަކީ އެގައުމުގެ ޑިމޮކްރަސީއަށް ނައްތާލުމަށް މަސައްކަތްކުރާ ބަޔަކު ނެރުނު ބަޔާނެއް ގޮތުގަ ސިފަކޮށްފައެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް