ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދިރާގު ގޯލްޑް ޕެކް
ދިރާގުޓީވީގެ ގޯލްޑް ޕެކް ތަރާއަފުކޮށްފި
އެކި ވައްތަރުގެ ފިލްމު ދުރަށް ދައްކާ އާ ޗެނަލްތަކަކާއެކު ދިރާގުޓީވީގެ ގޯލްޑް ޕެކް ތައާރަފުކޮށްފިއެވެ.
Advertisement

ދިރާގުޓީވީގެ ގޯލްޑް ޕެކްގެ އަގަކީ 450 ރުފިޔާއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުން ދިރާގުޓީވީގެ ހިދުމަތް ހޯދުމަށް އެދުމުން ދިރާގުޓީވީ ކަނެކްޝަނާއި ޖޯއިބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ 31 މޭ 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 20 ކަސްޓަމަރަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް، ދިރާގުޓީވީގެ ޕެކޭޖުތަކުގެ ތެރެއިން ބޭނުން ޕެކޭޖެއް ހިލޭ ފޯރުކޮށްދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 77 ޕަސަންޓު ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ސިނެމަޗީގެ ފިލްމީ ޗެނަލްތަކާއެކު 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލް ދިރާގުޓީވީގެ ގޯލްޑް ޕެކުގައި ހިމެނެއެވެ. މި ޕެކުގައި ހިމެނޭ ސިނެމަޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމަޗީ އެކްޝަން، ސިނެމަޗީ ރޮމޭންސް، ސިނެމަޗީ ކޮމެޑީ، ސިނެމަޗީ ޑްރާމާ އަދި ސިނެމަޗީ ކްރައިމް ހިމެނޭނެއެވެ. ގޯލްޑް ޕެކުގެ އިތުރުން ދިރާގުޕްލޭ އެޕްގައި ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ސިނެމަޗީ ޗެނަލްތައް ފެންނާނެއެވެ.

ދިރާގުޓީވީގެ ޗެނަލް ޕޯޓްފޯލިއޯގައި އެކި އުމުރުތަކާއި އޯޑިއަންސްތަކަށް ގުޅޭ ޗެނަލްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޑިޒްނީގެ ޗެނަލްތަކާއި، ސޮނީގެ އެކި ޗެނަލްތަކުގެ އިތުރުން ޑީސްކަވަރީއާއި ސްޓާ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން ހިންދީ އަދި އިނގިރޭސި ފިލްމާއި ލަވަ ދައްކައިދޭ ޗެނަލްތަކުގެ އިތުރުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޗެނަލްތައްވެސް ދިރާގުޓީވީގައި ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް