ads
ކުޑަކުދިންގެ ހިޔާ
ހިޔާގައި ރަލާއި މަސްތުވާތަކެތި ބޭނުންކުރުން: ހައްލެއް ހޯދަނީ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރަލާއި މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ވާހަކަ ފެތުރިފައި ވާއިރު، އެކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ބައިތިއްބާ ކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އެހެންވެ އެތަނުގައި ކުދިން ބައިތިިއްބުން ރައްކާތެރިނޫން ކަމަށް ވިދާޅުވެ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން އެތަނުގައި ބޮޑު ހަމަނުޖެހުމެއް ހިނގާ، މައިދޮރު ހަލާކުކޮށްލައި މުދަލަށް ބޮޑެތި ގެއްލުން ދީފައި ވާއިރު، އެ ހަމަނުޖެހުމުގެ ތެރޭގައި 10 ކުއްޖަކު އެތަނުން ފިލައިގެން ވެސް ދިޔަ އެވެ.

އަދި ހިޔާގައި އުޅޭ ކުދިން ބޭރަށް ނިކުމެ ކުށްތަކަށް ހުށަހެޅުމުގެ މަގު ފަހި ވެފައިވާ ކަމަށާއި، ހިޔާގައި ތިބި ބައެއް ކުދިންގެ އަމަލުތަކުން، އެތަނުގެ މުވައްޒަފުންނާއި އެހެން ކުދިންގެ ސަލާމަތަށް ނުރައްކާވެފައި ވާކަން ވެސް ނިއުމާތު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ނިއުމާތު ވިދާޅުވީ މިއީ އަލަށް ހިނގަމުން އަންނަ ކަމެއް ނޫން ކަމަށާއި، މިއީ ކުރީއްސުރެ ހިނގަމުން އަންނަ ކަމެއް ކަމުގައެވެ. އަދި މިކަންތައް ހައްލު ކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާތީ މިހާރު ހާލަތު މާ ގޯސްވެ، ކުދިން އެތަނުގައި ބޭތިއްބުމަށް އެކަށީގެން ނުވާ ކަމަށެވެ.

މިކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ވާނީ 17 ވަރަކަށް ރެކޮމެންޑޭޝަންތައް ވެސް ފޮނުވާފައި -ނިއުމާތު

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ އެކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހައްގުތައް އަދި ބޭނުންވާ ރައްކާތެރިކަން މިނިސްޓްރީއިން ކަށަވަރު ކުރާނެ. މީގެ އިތުރުން ސްޓޭކްހޯލްޑާސް އިން ދޭ ރެކޮމެންޑޭޝަން ތަކަށް މިނިސްޓްރީއިން ރިއާޔަތް ކުރަމުންދާނެ - ޖެންޑާ މިނިސްޓްރީ
50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް