ads
ހދ. ކުމުންދޫ: ފޮޓޯ ކުމުންދޫ ކައުންސިލް
ޕީޕީއެމް ކައުންސިލް މެމްބަރެއްގެ ވާހަކަތަކުން، ކުމުންދޫ ރައްޔިތުން ރަތަށް!
ޕީޕީއެމްގެ ކައުންސިލް މެމްބަރަކަން ކުރައްވާ އަލީ އަދަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ހދ. ކުމުންދޫގެ ތިން ޖަމިއްޔާއަކުން ބަޔާން ނެރި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިިޔައިފިއެވެ.
Advertisement

އެގޮތުން އެ ޖަމިއްޔާތަކުން އަލީ އާދަމް އަށް ފާޑުކިޔާފައިވަނީ ހދ. ކުމުންދޫގެ މޫނުމަތި ޒީނަތްތެރިކުރުމުގެ ގޮތުން ކުމުންދޫ ޔޫތް ސްޕޯޓްސް ކުލަބުން ފަރުމާކޮށް، ބިނާކޮށް ތިލަދުންމަތި ދެކުނުބުރީ ކުމުންދޫ ކައުންސިލާއި ޙަވާލުކޮށްފައިވާ މޮނިއުމަންޓާއި ގުޅޭގޮތުން އޭނާ ސޯސަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ. 

އެރަށު މީހުން ބޭނުންކުރިމަކަށް އެ ބުނަނީ އެ ބިނާގައި މަކުނުދޫ ދާއިރާގެ މެންބަރު ރާއީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފޮޓޯއެއް އެރަށުގެ ނަރުދަމާ ގެ ރަސްމިއްޔާތުގައި ޖަހާފައި ހުރުމުންނެވެ.

އެ ފޮޓޯތަކުގެ ތިރީގައި ލިޔެފައިވަނީ "ތަރައްގީގެ ބާނީ މަރުހަބާ" މިހެނެވެ. 

މިއަދު ސޯސަލް މީޑިއާގައި އަދި ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވަމުން އަލީ އަދަމް ވަނީ ކުމުންދޫގެ ބިނާއަކީ އޭނާ "ސްޕޮންސާ ކުރި" ކުރާ ބިނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި ކުލަލަނީ ވެސް އޭނާ ގެ ސްޕޮންސާގެ ދަށުންކަމަށް ވިދާޅުވެފައެވެ. 

your imageކުމުންދޫގައި އޮތް ރަސްމިއްޔާތައް ބިނާގައި ޖަހާފައިވާ ރައީސް ލާހާއި ރާއީގެ ފޮޓޯ ފޮޓޯ:- 

އެ ޖަމިއްޔާތަކުން ވަނީ އަލީ އާދަމް އަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެ މޮނިއުމަންޓު އެރަށުގެ ރައްޔިތުން ބޭނުންކުރާތީ އެކަމާއި އޭނާ ސޯސަލް މީޑިއާގައި "އަމިއްލަ މަންފާއަށް" ވާހަކަ ދައްކާ ކަމަށާއި، " ރައްޔިތުންގެ ބޭނުމަށް ބޭނުންކުރުމަކީ ވައްކަންކުރުން ކަމަށް" ދޭހަވާ ގޮތަށާއި "ރައްޔިތުންގެ ބޭނުމަށް ބޭނުންކުރުމަކީ ވައްކަންކު" ކަމަށް ދޭހަވާގައް އޭނާ ސޯސަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވާ ކަމަށް އެރަށުގެ ކުލަބު ޖަމިއްޔާތަކުން ބުނެއެވެ.

ބީޗް ސިޓީ ސްޕޯރޓްސް ކްލަބް

މި ކުލަބުން ބުނެފައިވަނީ، ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިހަފްލާގައި ކުމުންދޫ މޮނިއުމެންޓް ސަރަހައްދުގައި ރާއްޖޭގެ
ރައީސުލް ޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސާލިހާއި، މަކުނުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ރާއީގެ
ޕޯސްޓަރު ބަހައްޓާފައިވާތީ، ބައެއް ފަރާތްތަކުން މީސްމީޑިއާގައި އެދެ ބޭފުޅުންނަށް ތަފާތު ތުހުމަތުތައްކޮށް
ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާތީ ބީޗް ސިޓީ ސްޕޯރޓްސް ކްލަބްގެ އެންމެހައި މެންބަރުންގެ ނަމުގައި އެކަން
ކުއްވެރި ކުރާކަމަށެވެ. 

"ރަށުގެ ތަރައްޤީއަށް މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަމުންދާއިރު މަސްލަހަތު ނަގާލުމަށާއި އަމިއްލަ މަންފާއަށްޓަކައި
ކޮށްދީފައި ހުރި ކަންކަން ކިޔުމަކީ ބަލައިގަނެވޭނެކަމެއް ނޫން. މިފަދަ ކަންކަމުން ވެއްޓޭނީ
އަމިއްލަ މީހާގެ އަގު. އަދި އެފަދަ ކަންކަން ކުރާ މީހުން ރައްޔިތުންނާއި ޒުވާނުން ބަލައި
ނުގަންނާނެ. އެހެންކަމުން ރަށުގެ ތަރައްގީއަށްއެދޭ މީހުން މިފަދަ ދަށުދަރަޖައިގެ ކަންކަން ނުކުރުމަށް ދަންނަވަަން،"

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް

އެ ކުލަބުން ބުނެފައިވަނީ އަލީ އާދަމް ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓުން ކުމުންދޫ ކައުންސިލާއި ހަވާލުކޮށްފައިވާ މޮނިއުމަންޓްގެ ބޭނުން ރަށުގެ ރައްޔިތުންގެ ބޭނުމަށް ބޭނުންކުރުމަކީ ވައްކަންކުރުމެވެ.

"ރައީސުލްޖުމުހޫރިއްޔާ އާއި މަކުނުދޫ ދާއިރާގެ މެންބަރުގެ ފޮޓޯ އެތަނުގެ ކައިރީގައި ބެހެއްޓުމަކީ ފޭރުމެއްކަމަށާއި. ކައުންސިލުންރަށުގެ ފެނާއި ނަރުދަމާގެ ރަސްމިއްޔާތު އެޞަރަޙައްދުގައި ބޭއްވުމަކީ ފޭރުންކަމުގައި ދޭހަވާގޮތައް އެބޭފުޅާގެ ފޭސްބުކު
އެކައުންޓުން ޕޯސްޓެއް ޖަހާފަ" -ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް -


އަލީ އާދަމްގެ މިޢަމަލަކީ މިރަށުގެ ލޮބުވެތިރައްޔިތުންގެ އަބުރަށް ހުތުރުވާފަދަ ޢަމަލެއްކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 

"ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭނަމަ ރީތިގޮތުގައި އިހްލާސްތެރިކަމާއިއެކު އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިޖަމިއްޔާއިންގޮވާލަން. އަދި އަލީއާދަމް، ކުމުންދޫގެ ރައްޔިތުންގެ އަރިހުން މަޢާފަށްއެދުމަށްވެސް މިޖަމިއްޔާއިން ގޮވާލަން،"

your imageކުމުންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ: ފޮޓޯ ކުމުންދޫ ކައުންސިން 

ކުމުންދޫ ޔޫތް ސްޕޯޓްސް 

އެ ޖަމިއްޔާއިން ބުނެފައިވަނީ އެ ފަރާތުން ކުމުންދޫގައި ހަދާފައިވާ ރަށުގެ ނަންޖަހާފައިވާ މޮނިއުމެންޓަކީ ވަކި
ފަރާތެއްގެ މިލްކިއްޔާތެއްކަމަށް އަދި ކުމުންދޫގެ ރައްޔިތުންނަށް ހުތުރު ލިބޭ ގޮތަށް ދޭހަވާ އިބާރާތަކުން ސޯޝަލް މީޑިއާގައި
ކޮއްފައިވާކަމަށެވެ. 

"މި މޮނިއުމެންޓަކީ ކުމުންދޫ ޔޫތު ސްޕޯޓްސް ގެ އެންމެހާއި މެންބަރުންނާއި އަދިވެސް ރަށުގެ އެކިފަރާތްތަކުގެ
މިންނެތް މަސައްކަތުން ތައްޔާރުކޮއްފައިވާ މޮނިއުމެންޓެއް. މޮނިޔުމެންޓު ހެދުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީ ވަނީ
ލިބިފަ. އެގޮތުން ކުމުންދޫ ކައުންސިލް އާއި މަންނާން ފާހަގަ ކޮއްލަން،"


މޮނިޔުމެންޓު ނިންމުމަށްފަހު ކުލަގަދަ ހަފްލާއަކަށްފަހު ޔޫތު ސްޕޯޓްސްގެ ފަރާތުންވަނީ ކުމުންދޫ ކައުންސިލާއި
ހަވާލުކޮފައިކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. 

އެހެންކަމުން މިހާރު މޮނިއުމެންޓުގެ ބެލެނިވެރިފަރާތަކީ ކުމުންދޫ ކައުންސިލް ކަމަށާއި، އެކައުންސިލަށް މޮނިއުމެންޓަށް ކޮންމެ ބަދަލެއްގެނައުމުގެ އިޙްތިޔާރު ލިބިގެންވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. 

"މިފަދަ ކަމެއްގައި ސްޕޮންސަރ ދީފައި ކުމުންދޫ ޔޫތު ސްޕޯޓްސް އަށް އަދި ކުމުންދޫ ރައްޔިތުންނަށް ހުތުރު
ލިބޭގޮތަށާއި މި މޮނިއުމެންޓަކީ ވަކިފަރާތެއްގެ މިލްކެއްކަމަށް ދޭހަވާ ގޮތަށް ލިޔެފައިވާ ސޯޝަލް މީޑިއާ ޕޯސްޓް މި ކުލަބުން
ހަރުކަށި އިބާރާތުން ކުއްވެރި ކުރަން،"

އެޕޯސްޓް ލިޔުނުފަރާތުން އެޕޯޓް މިހާރުން މިހާރަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކުން ފޮހެލުމަށް އެ ކުލަބުން ވަނީ އެދިފައެވެ. 

"ނާތަހުޒީބީ އަމަލެއް އެއްވެސްފަރާތަކުން ނުހިނގުމަށް ނަސޭހަތްތެރިވަން،" -ކުމުންދޫ ޔޫތް ސްޕޯޓްސް -

އަލީ އާދަމް އަށް މަރުގެ އިންޒާރު

އަލީ އަދަމް މިއަދު ވަނީ އޭނާ ކުމުންދޫ އަށް އަރައިފިނަމަ މަރައިލާނެކަމަށް ބުނެ މީހަކު މަރުގެ އިންޒާރު ދިންކަމަށް ބުނެ ފުލުހުގައި މައްސަލައެއް ވެސް ޖައްސާފައެވެ. 

އޭނާ އަކީ ރައީސް ޔާމިން ސަރުކާރުގެ އިންޑިޔާގެ ޓްރިވެންޑަރްގެ ކޮންސުލޭޓްގެ ކޮންސޮލު ގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާއަކީ ޕީޕީއެމްގެ ކައުންސިލް މެންބަރެކެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް