ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ހުސެއިން އަބްދުއްސަލާމް އާދަމް ވިދާޅުވީ، އެ މުވައްޒަފު ޕޮޒިޓިވްވެފައިވާކަން އެގުނީ ބަލީގެ އަލާމާތްތަކެއް ފެނިގެން އަމިއްލައަށް އެކަން ރިޕޯޓްކުރުމުން ހެދި ޓެސްޓްތަކުން ކަމަށެވެ.
އެގޮތުން މިއަދު ހަވީރު ޓެސްޓްގެ ރިސަލްޓް ލިބުނުއިރު، ޕޮޒިޓިވްވެފައިވާތީ ވަގުތުން މުވައްޒަފު ދިރިއުޅޭ ގެ ވަނީ އެގޭގެ މީހުންނާއިވެސް އެކު މޮނިޓަރިންގެ ހާލަތައް ލެވިފަކަމަށް ހުސެއިން ވިދާޅުވިއެެވެ. އަދި މިހާރު ދަނީ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރެވެމުންކަމަށް ހުސެއިން ވަނީ މައުލޫމާތު ދީފައެވެ.
ހުސެއިން ވިދާޅުވީ އެ މުވައްޒަފަކީ އިދާރީ މުވައްޒަަކަށް ވުމާއިއެކު ބައްދަލުވެފައިވާނީ އިދާރީ މުވައްޒަފުންނާއި ނަމަވެސް މުޅި ކައުންސިލުން ސާމްޕަލް ނެގުމަށް އެދިފައިވާނެ ކަމަށެވެ.
ވިލިފުށިން މީގެ ކުރިންވެސް ވަނީ އެއް ގެޔަކުން ހަތަރު ޕޮޒިޓިވް ކޭސް ފެނިފައެވެ.