ads
ކްލަބު އީގަލްސް ކުޅުންތެރިން ޗެރިޓީ ޝީލްޑާ އެކު
އީގަލްސްއިން ހޮޓެލް ޖެންގައި ކޭމްޕުކޮށްފި
އޭއެފްސީ ކަޕް ކޮލިފައިންގައި ބުދަ ދުވަހު ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެން ތައްޔާރުވާ ރާއްޖޭގެ ކްލަބު އީގަލްސް، ހޮޓެލް ޖެންގައި ކޭމްޕްކޮށްފިއެވެ. ހޮޓެލް ޖެންގައި ތިބި އީގަލްސް ޓީމުންވަނީ ހޯމަ ދުވަހު ޕީސީއާރު ޓެސްޓް ހަދާފައެވެ.

އޭއެފްސީ ކަޕް ކޮލިފައިންގގެ ފުރުސަތު އީގަލްސްއަށް ލިބުނީ މި ދިޔަ ސީޒަންގެ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ އީގަލްސްއިން އޭއެފްސީ ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރުވެސްމެވެ. އީގަލްސް ހޮޓެލް ޖެންގައި ކޭމްޕުކޮށްގެން ތިބިއިރު، އީގަލްސްއާ ވާދަކުރަން ތިމްޕޫ ސިޓީ އެފްސީވަނީ ހޯމަ ދުވަހު މެންދުރު ފަހު މާލެ އައިސްފައެވެ. ތިމްޕޫ ސިޓީ އެފްސީ ޓީމު ތިބެނީ އުނިމާ ގްރޭންޑް ހޮޓަލުގައެވެ. އެ ޓީމުގެ ހުރިހާ މެންބަރުންވެސްވަނީ މާލެ އައިސް ޕީސީއާރު ޓެސްޓް ހަދާފައެވެ.

އީގަލްސް ޓީމުގެ ހުރިހާ މެންބަރުން ޕީސީއާރު ޓެސްޓް ހަދާފައިވާއިރު، އެ ޓީމުން އޭއެފްސީ ކަޕުގެ ރަސްމީ ފަރިތަކުރުންތައް ބާއްވާނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުންނެވެ. އޭއެފްސީގެ މެޗުތަކުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާ އެކުއެވެ. މި ގޮތުން، ޖެންގައި މިހާރު ތިބި އީގަލްސް ޓީމުގެ އެއްވެސް މެންބަރަކަށް ބޭރަކަށްވެސް ނުދެވޭނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޓީމު ކޭމްޕުން ވީއްލާނީ ބުދަ ދުވަހު ހަވީރު ކުޅޭ މެޗަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް