ads
ވެކްސިން ކާޑެއް
ދެވަނަ ޑޯޒް ޖަހާ 5000އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފި
ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 5000އަށް އަރައިފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުން މިއަދު ވެކްސިންގެ ދެވަނަ ޑޯޒް 1،903 މީހަކު ވަނީ ޖަހާފައެވެ. އަދި އަތޮޅުތަކުން ދެވަނަ ޑޯޒް 113 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

އެއާއިއެކު 24 ގަނޑިއިރުތެރޭގައި ދެވަނަ ޑޯޒް ލިބިގެން 2،016 މީހުންނާއިއެކު، މިހާތަނަށް 5،753 މީހަކު ވަނީ ވެކްސިން ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން އަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭން ފަށާފައިވާއިރު މިއަދު 4،243 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލޭ ސަރަހައްދުން ވެކްސިން ޖެހި 383 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 3،860 މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 251،139އަށް އަރާފައެވެ.

އެޗްޕީއޭއިން ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖެހުމުގެ ކަންކަން މާލެ ސަރަހައްދުގައި ފަށާ މިވެކްސިން ޖަހަން ދާއިރު، އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ފަދަ، ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިއުމަށް އެދިފައެވެ. އަދި ފުރަތަމަ ޑޯޒު ޖެހުމުން ލިބުނު ވެކްސިން ކާޑު ގެނައުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އިރުޝާދު ދީފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް