ads
ފޭސްބުކް
ފޭސްބުކް ލީކް: ތިބާގެ އެކައުންޓްގެ މައުލޫމާތު ލީކޮށްލާފައިވޭތޯ ބަލާލަން ބޭނުންތަ؟
ދާދިފަހުން އިންޓަނެޓުގައި ލީކްކޮށްލި 500 މިލިއަންއަށް ވުރެ ގިނަ ފޭސްބުކް އެކައުންޓުގެ ތެރޭގައި ގިނަ ދިވެހިންގެ އެކައުންޓުތަކުގެ މައުލޫމާތުވެސް ހިމެނެއެވެ. މިގޮތުން ހެކަރުން ލީކްކޮށްލި މައުލޫމާތުގެ ތެރޭގައި ފޯނު، ނަމްބާރާއި، އީމެއިލްގެ ދިރިއުޅޭ އެޑްރެސްގެ އިތުރުން ރިލޭޝަންޝިޕް ސްޓޭޓަސް އަދި ވަޒީފާ އަދާކުރާތަން ވެސް ހިމެނެއެވެ.

މިހާ ގިނަ ބައެއްގެ މައުލޫމާތު ހިލޭ އިންޓަނެޓަށް ލީކުކޮށްލާފައިވާއިރު ކޮންމެ މީހަކު ވެސް އެންމެ ބަލާލަން ބޭނުންވާނީ އެމީހެއްގެ ޒާތީ މައުލޫމާތު ލި ލިސްޓުގައި ހިމެނިފައިވޭތޯކަން ޝައްކެއްނެތެވެ. މިއޮތީ ތިބާގެ މައުލޫމާތު މި ޑޭޓާ ލީކްގައި ލީކުކޮށްލާފައިވޭތޯ ބަލާލަން ފަސޭހަ ގޮތެކެވެ. 

މައުލޫމާތު ޗެކްކޮށްލުމަށް މި ވެބްސައިޓް (https://haveibeenpwned.com/) އަށް ޒިޔާރަތްކޮށްލާށެވެ. ވެބްސައިޓުގެ ފުރަތަމަ ސަފްހާއިން ފެންނަ ސާޗް ފީލްޑްތަކުގައި ބޭނުންވާ އެކައުންޓުގެ މައުލޫމާތު ފުރިހަމަކޮށްލުމުން، އެ އެކައުންޓުގެ މައުލޫމާތު ލީކުކޮށްލާފައިވޭތޯ ބަލާލެވޭނެއެވެ. މިސައިޓުން އެކައުންޓުގެ މައުލޫމާތު ލީކްކޮށްލާފައިވާ ޑޭޓާބޭސްއެއް ގައި ހިމެނޭނަމަ އެކަން އަނގައިދިނުމުގެ އިތުރުން ލީކްކޮށްލާފައިވާ މައުލޫމާތު ވެސް ދައްކުވައިދެ އެވެ. 

މައުލޫމާތު ނެގި އަދަދު އިނގޭނެ ގޮތަށް ލިސްޓެއް އާންމުކޮށްފަވާއިރު، އެ ލިސްޓުގެ 68 ވަނައިގަ އޮތީ ރާއްޖެ އެވެ. ރާއްޖެއަށް ނިސްބަތްބާ 86،336 މީހުންގެ މައުލޫމާތު ލީކްކޮށްފައިވާކަމަށް އެ ލިސްޓުގައި ވެއެވެ.

ސައިބާ ސެކިއުރިޓީ އެކްސްޕާޓެއް ކަމުގައިވާ ޑޭވް ވޯކާ ވަނީ ލީކްކޮށްލި މައުލޫމާތުތަކުގެ ތެރެއިން ޒުކަބާގްގެ އިތުރުން ފޭސްބުކްގެ ކޯ ފައުންޑަރުންގެ ތެރޭ ހިމެނޭ ކްރިސް ހަކްސް އަދި ޑަސްޓިން މޮސްކޮވިޓްޒްގެ މައުލޫމާތުވެސް ހިމެނޭ ކަމަށް ބުނެފައެވެ. .

މިފަދަ މައުލޫމާތުތަކެއް ލީކުވެއްޖެނަމަ، ހެކަރުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެކަމަށް ބެލެވެއެވެ. އެގޮތުން މި މައުލޫމާތު ބޭނުންކޮށްގެން ތަފާތުއެކި އޯޓީޕީ ސްކާމްތަކާއި ސޯޝަލް އިންޖިނިއަރިން އެޓޭކްކުރުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ވިދާޅުވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް