ކަސްރަތު ކުރުމަށް އިންތިހާއަށް ހިތްޖެހިފައި ހުއްޓަސް ހަފްތާއަކު އެއް ފަހަރު، "ޗީޓް" ކޮށްލަ އެވެ.
ދާދި ފަހުން އިންސްޓަގްރާމްގައި ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ދިޝާ ބުނީ އޭނާގެ ޗީޓް ޑޭގެ ފެވަރިޓް މީލް އަކީ “ކުކީ އާއި ކްރީމް ޑޯނަޓް އަދި ސްޓާބަކްސް ހޮޓް ޗޮކްލެޓް” ކަމަށެވެ.
ކޮންމެއަކަސް މިޒާތުގެ ކާނާ މަދުމަދުން ކެޔަސް، ދިޝާ އާންމުކޮށް ކައި ހަދަނީ ސިއްހަތަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ކަމަށް ދިޝާ މީގެ ކުރިން ބުނެފައިވެ އެވެ. އެކަން އޭނާގެ ހަށިގަނޑަށް ބަލާލުމުން ވެސް ސާފެވެ.
އުމުރުން 28 އަހަރުގެ ދިޝާ ފިޓްނެސްގެ ދާއިރާގައި އެހާ ބޮޑަށް އުޅޭ މަންޒަރު ފެނިގެން ދިޔައީ، ޓައިގާ ޝްރޮފާއެކު އުޅެން ފެށި ހިސާބުންނެވެ. ދިޝާ ވަނީ ބަރަތާއި އެމްއެސް ދޯނީ އަދި މަލަންގް އާއި ބާގީ ދޭއް ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.