ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓް ދޫކޮށްލާ ޑޮކްޓަރުންނަށް 3 ކޮޓަރީގެ ފްލެޓެއް ދެނީ!
ހިޔާ މަޝްރޫއުގެ ދަށުން ފަންނީ ކެޓަގަރީގައި ހިމެނޭ ރަށްޔިތުންގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓް ދޭނެ ކަމަށް ފްލޭނިން މިނިސްޓަރީއިން ބުނެފި އެވެ.

މިއަދު ފްލޭނިން މިނިސްޓަރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4) ޑޮކްޓަރުންނާއި ނަރުހުން، (H5) ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސާވިސް ފްލެޓުގެ (ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫއުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ކަމަށެވެ.

އެފުރުސަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް އެމިނިސްޓްރީއިން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ އެއާއެކު މިއަދު ހުޅުވާލެވުނު ފުރުސަތުގެ ދަށުން ހުރި ހައުސިންގް މަޝްރޫއުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 3 ކޮޓަރީގެ ފްލެޓްތަކަށް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން އެ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް އެ ފްލޭނިން މިނިސްޓަރީއަށް އެކަން، ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4) ޑޮކްޓަރުންނާއި ނަރުހުން، (B5) ޓީޗަރުންނަށް ހާއްސަ އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީ ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް އެދި" އެންގުމަށާއި ނުވަތަ އީމެއިލް ގެ ޒަރީއާއިން އެންގުމަށް ވަނީ އެދިފަ އެެވެ.

ވަޓްސްއެޕް ކުރަން ބޭނުންވާ ފަރާތަކާއި އެސް.އެމް.އެސް ކުރަންވަން ބޭނުންވާ ފަރާތްތަކަށް 7444971 އަށް ކުރެވޭނެ ކަމަށް ވެސް ފްލޭނިން މިނިސްޓަރީގެ ނޫސްބަޔާނުގައި ވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް