މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލާފައި ވެއެވެ.
އެގޮތުން މި މަސައްކަތާއި ބެހޭ މައުލޫމާތު ސާފުކޮށްދިނުން 7 އޭޕްރީލް ވާ ބުދަ ދުވަހުގެ 11:30 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު ގައި އޮންނާނެއެވެ.
މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު 11:30 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި އޮންނާނެއެވެ.
މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ކަމަށްވެސް މި އިއުލާނުގައި ބުނެފައި ވެއެވެ.