ads
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުތަކެއް-- ފޮޓޯ: ސަން
މިފަހަރު ކަދުރު ބަހަނީ ހަމައެކަނި ފަގީރުންނަށް: އިސްލާމިކް މިނިސްޓްރީ
ސައުދީ އަރަބިއްޔާއިން މި ފަހަރު ރާއްޖެ ހަދިޔާކޮށްފައިވާ ކަދުރު ބަހާނީ ހަމައެކަނު ފަގީރުންނަށް ކަމަށް އިސްލާމިން މިނިސްޓަރީއިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް 1442 ވަނަ އަހަރުގެ ރޯދަ މަހަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ. 

އެގޮތުން މިފަހަރު ހަދިޔާކުރި 25 ޓަނުގެ ކަދުރާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު، ޑރ. މުހައްމަދު ޒާހިރު އަލީ އެވެ. 

މީގެ ކުރީ އަހަރުތަކުގައި ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. އެ އަދަދަކީ ރާއްޖޭގެ ހުރިހާ ގޭބީސީ އަކަށް 1 ޕެކެޓް ކަދުރު ދެވޭ ވަރަށް ވުރެ މަދު އަދަދެކެވެ.

އެހެންކަމުން މިފަހަރު ހަދިޔާ ކުރި ކަދުރުގެ އަދަދު 26 ޓަނުުން ދަށަށް ގޮސްފައިވާތީ ކަދުރު ބަހަން ހަމަޖެހިފައިވަނީ ހަމައެކަނި ފަގީރުންނަށް ކަމަށް އިސްލާމިކް މިނިސްޓަރީއިން ބުނެއެވެ.

ކަދުރު ބެހުމުގައި ކަންކުރާނެ ގޮތުގެ އުސޫލު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓަރީއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް