ads
އޭސީސީގެ މެންބަރުން މަޖިލީހުގައި: ފައިލް ފޮޓޯ މަޖިލިސް
ވެންޓިލޭޓަރު މައްސަލަ: އޭސީސީން އަދިވެސް ކުޅެނީ ޑިފެންސަށް!
ވެންޓިލޭޓަރު މައްސަަލައިގައި ޖުޑީޝަރީ ކޮމެޓީއަށް އޭސީސީގެ މެންބަރުން މިއަދު ވަނީ ހާޒިރުކޮށްފައެވެ. އެ މައްސަލައިގައި އޭސީސީގެ ތަހުގީގުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ޕީޖީން ފާހަގަކޮށްފައިވާ ކަންތައްތައް ފާހަގަކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ބުނެ އޭސީސީގެ މެންބަރުން މިއަދު ވަނީ އެ ކޮމެޓީގައި ކޮމިޝަންގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިއަދު ޖުޑީޝަރީ ކޮމެޓީން އޭސީސީއާ އެކު ކުރިއަށް ގެނދިޔަ ބައްދަލުވުން ސިއްރުކޮށްދިނުމަށް އެ ކޮމިޝަނުން ސިޓީއަކުން އެދުނެވެ. ނަމަވެސް، ކޮމެޓީން ނިންމީ މި މައްސަލައަކީ އާންމުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އޮތް މައްސަލައެއްކަމަށް ވުމުން ކޮންމެހެން ސިއްރުކުރަންޖެހޭ ފަދަ މައުލޫމާތެއް މެންބަރުން ކުރައްވާ ސުވާލުތަކުގައި އޮތްނަމަ، ފަހުން ސިއްރު ކޮމެޓީއެއްގައި އެވާހަކަ ދެއްކުމަށެވެ. 

މި މައްސަލައަކީ މިދިޔަ އަހަރުގެ 14 އޭޕްރީލްގަ އޭސީސީން އަމިއްލަ އިސްނެގުމަކަށް ތަހުގީގުކުރަން ފެށި މައްސަލައެއްކަމަށް އޭސީސީން ބުނެއެވެ. މި މައްސަލއިގައި ފުލުހުންގެ އެހީތެރިކަން ވެސް ހޯދުމުން އަންނަކަމަށެވެ. 

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ކޯލް ރެކޯޑިން ހޯދުމަށް ކްރިމިނަލް ކޯޓުން އަމުރަކަށް އެދިފައިވާނޭތޯ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ސުވާލު ކުރެެއްވުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ ވާހަކަ ސިއްރުކޮމެޓީއެއްގައި ހިއްސާކޮށްދޭނެކަމަށެވެ. 

މި މައްސަލައިގައި އަލީ ހުސޭން ވިދާޅުވީ، އެ މައްސަލައިގައި އުންސުރު ހަމަނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވިދާޅުވެފައިވަނީ އެއީ ކޮން އުންސުރެއްތޯ ސުވާލު ކުރައްވާފައެވެ. 

މިކަމާ ގުޅިގެން އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން ދައުވާ ނުކުރަން ނިންމައި  ހަ ނުކުތާއެއް ފާހަގަ ކޮށްފައިވާކަމަށެވެ. 

"އޭގެތެރޭގަ އެ ބޭފުޅުންނަށް މާލިއްޔަތު ގާނޫނު މަނާކުރޭވޭގޮތް އެބަހުރި. އަޅުގަނޑުމެންގެ ބަޔާން ނެގުމުގަ މިވެނި ކަހަލަ ކަންތައްތަކެއް ހަމަނުވޭ. މިކަހަލަ ކަންތައްތަކެއް ވެސް ހުރި. އެއިން ކޮންމެ ނުކުތާއަކަށް އަޅުގަނޑުމެން އޮންނާނެ މިކަން އޮތީ މިހެނެއް ނޫނޭ ބުނެ ރިޕްލައިކޮށް ލިޔުން ހުށަހަޅާފައިވާނެ،" -ޝިއުނާ-

އޭސީސީގެ ރައީސް ވިދާޅުވީ އޭސީސީގެ ތަހުގީގު ފުރިހަމަނުވާކަމަށް ބުނެ ޕީޖީން ކުރާ ތުހުމަތުތައް ގަބޫލުނުކުރާ ސަބަބު ސިއްރު ބައްދަލުވުމުގައި ކިޔައިދޭނެކަމަށް ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ. 

ވެންޓިލޭޓަރު ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން އެ އޮފީހުން ވަނީ މިދިޔަ މަހު ނިންމާފައެވެ. 

ސަރުކާރުން ބޭނުންވަނީ ބަދަލު ހޯދައި ޖިނާއީ ދައުވާ ކުރަން: 

ންޓިލޭޓަރު މައްސަލައިގައި ރާއްޖެއިން އާބިޓްރޭޝަނަށް ދާން އެޓާނީ ޖެނެރަލް އޮފީހުން ތައްޔާރު ވަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. 

މި މައްސަލައިގައި ސަރުކާރުގެ ވިސްނުން ހުރީ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް އެލެމަންޓެއް ހިމެނޭނަމަ ޖިނާއީ ތަހުގީގެއް ކުރުމަށް ކަމަށް މަބްރޫކު ވަނީ ވިދާޅުވިއެވެ. އަދި ޖިނާއީ ތަހުގީގެއް ކުރުމަށް ކުރެވެމުންދާ މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމަށާއި މިކަމުގައި އެއްވެސް މީހަކު ޝަމިލުވެފައި ވާނަމަ، އެއީ ދިވެއްސެއް ނޫނީ ބިދޭސީއެއް ނަމަވެސް އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ބޭނުންވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ އޮޑިޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް