ads
އައްޑޫ ފުލައިން ސްކޫލް
ފްލައިން ސްކޫލުގެ ދަރިވަރުންނަށް ޓީޗަރަކު ފުރައްސާރަ ކުރާ މައްސަލައެއް!
އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންފާ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުންދާ އެކި ދަރިވަރުންނަށް ގިނަ މައްސަލަތަކަކާ ދިމާވެފައިވާ މައްސަލަ ފެންމަތިވެފައި ވަނީ ނިމިދިޔަ އަހަރުގަ އެވެ.

ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވުނެ އެވެ.

އެ މައްސަލަތަކުގެ އިތުރުން އެކުދިންނަށް ކިޔަވާދޭ ޓީޗަރަކު އެކުދިންނާ ފުރައްސާރަ ކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅިގެން ފްލައިން ސްކޫލްގެ ދަރިވަރަކު ކަންބޮޑުވުން ފާޅުކޮށް ސީއެންއެމްއަށް ބުނީ އެކުދިން މައްސަލަ ޖެންޑާއަށް ހުށަހަޅާފައިވާނޭ ކަމަށާއި ނަމަވެސް އަދި އެކަމަކަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

އެ ދަރިވަރު ކިޔާދިން ގޮތުގައި އެޓީޗަރު ވަނީ އޭނާ ބުނާގޮތް ނަހަދައިފި ނަމަވަ ފެއިލް ކޮށްލާނެ ކަމަށް ބުނެފަ އެވެ. އަދި އޭއޭއޭ ސްޓޫޑެންޓު ޔޫނިޔަންގެ ކުދިންނާ އެކުގައި އުޅުމުން މާރަނގަޅު ނުވާނޭ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް އެ ދަރިވަރު ކިޔާދިނެެވެ.

"ދަރިވަރުންނަށް ފިޒިކަލް އަނިޔާއެއް ނުދޭ. ބަހުން ކިޔާ އެއްޗެއް އެ ޓީޗަރު ކިޔަނީ، އިންޒާރު ދީ ބިރުދައްކަމުން ދަނީ" އެދަރިވަރު ކިޔާދިނެވެ.

މިކަމާ ގުޅިގެން ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ސީއެންއެމްއަށް ވިދާޅުވީ އެ ދަރިވަރުންގެ ފަރާތުން އެކަހަލަ ޝަކުވާއެއް ސްކޫލުގެ މެނޭޖްމަންޓަށް ފޮނުވާއި ނުވާކަމަށެވެ.

ޖެންޑާއިން ބުނެފައިވަނީ އެ މައްސަލަ އެމީހުން މިހާރު ފުލުހުންނަށް ޕާސްކޮށްފައި ވާނޭ ކަމަށެވެ. ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭގޮތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

ދެހާސް އެއް ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް