ads
ފޮޓޯ---
ރޭކާގެ ކަންފަތް މަތީގައި ޖެހީ އަމީތާބާ ގައިގޯޅިވާތީ: ޖަޔާ
އަމީތާބާއި ރޭކާގެ އެފެއާގެ ވާހައަކީ އޭރުގައި ބޮލީވުޑްގައި ވަރަށް ގަދަޔަށް ދެކެވުނު ވާހަކަ އެކެވެ. ފިލްމު ސްކްރީނުން ފެށުނު ލޯބީގެ ކުޅިވަރު ބޮޑުވެ އަމީތާބުގެ އަންހެނުން ޖަޔާ އާ ހަމަޔަށް އެކަމުގެ އަޑުތައް ފޯރި އެވެ.
Advertisement

އެ އަޑުތައް އަޑުއިވި ޖަޔާ ރަތަށް އެރި އެވެ. އަދި އަމީތާބުކައިރީގައި ރޭކާއާ ދުރުގައި ހުރުމަށް ވެސް އެދުނެވެ. ނަމަވެސް އަމީތާބު ވަނީ އޭނާއާ ރޭކާއާއި ދެމެދުގައި އޮންނަ ގުޅުން ކުރިއަށް ގެންގޮސްފަ އެވެ.

އެ މައްސަލަ ބޮޑުވެފައި އޮށްވާ ރޭކާ އަދި އަމީތާބް އެކުގައި ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުނެވެ. ޖަޔާ އޭނާގެ ކަނެކްޝަންސް ބޭނުންކޮށްގެން އެ ފިލްމުން ރޭކާ ބޭރުކޮށްލަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ރޭކާއަކީ އޭރުގައި އެންމެ މަގުބޫލު އަދި މަޝްހޫރު ތަރި ކަމުން އެ ފިލްމު އޭނާއަށް ލިބުނެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ އެވެ. އެއް ފަހަރަކު ޖަޔާ އަމީތާބު ކައިރިއަށް ސެޓަށް ދިޔަ ދުވަހަކު ރޭކާ އޭނާގެ ފިރިމީހާއާ ގައިގޯޅިވާ މަންޒަރު ފެނުނެވެ. 

ޖަޔާ ރަތަށް އަރައިގެން ވަގުތުން ގޮސް ރޭކާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ޖެހި އެވެ. ސެޓުގައި މަސައްކަތް ކުރަމުން ދިޔަ އެންމެން ވަގުތުން ހަރަކާތް ހުއްޓުނެވެ. އަދި އަމީތާބް އޭނާގެ އަންހެނުން ގޮވައިގެން އެތަނުން ދިޔަ އެވެ.

މިކަމާ ގުޅިގެން ޖަޔާ ބުނެފައިވަނީ ރޭކާގެ މޫނުމަތީގައި ޖަހަން ހައްގު ކަމަށާއި އޭނާ ޖަޔާގެ ފިރިމީހާއާ މިނަށްވުރެ ބޮޑަށް ގާތްގޯޅިވަނީ ކަމަށެވެ.

76%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް