އެގޮތުން ޓައިގާ ދާދި ފަހުން ވަނީ އޭނާ މޫދަށް އެރެން ގޮސް އުޅޭ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެފޮޓޯ' ޓައިގާ ޕޯސްޓު ކުރުމާއެކު އޭނާއަށް ވަރަށް ގިނަ ބައެއްގެ ތައުރީފް އޮހިގެން ދިޔަ އެވެ.
އެގޮތުން ޓައިގާ ރައްޓެހިވެގެން އުޅޭކަމަށް އަޑުއަރާފައިވާ ދިޝާ ޕަޓާނީ ވަނީ ޓައިގާ ވަރަށް ހޮޓް ކަމަށް ބުނެފަ އެވެ. އަދި އޭނާވަނީ އާޝޯހުވާ މޫނު ރަމްޒުކޮށް ދޭ އެމޯޖީ ވެސް ބޭނުން ކޮށްފަ އެވެ.
ޓައިގާ ޕޯސްޓުކޮށްފައިވާ ފޮޓޯ
ޓައިގާއަށް ދިޝާގެ އިތުރުން ޓައިގާގެ ކޮއްކޮ ވެސް ވަނީ އޭނާއަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން ޓައިގާ ވަރަށް ރީތި ކަމަށް ބުނެ އޭނާގެ ކޮއްކޮވަނީ ކޮމެންޓުކޮށްފަ އެވެ.