މިވަގުތު އަމިއްލައަށް އައިސޮލޭޓް ވެގެން ހުރި ބޫމީ ވަނީ ފޭނުންގެ ފަރާތުން ލިބޭ ހެޔޮ ދުއާތަކާއި ހެޔޮ ބަސްތަކަށް ޝުކުރު އަދާކޮށް ސްޓޯރީގައި ކުޑަ މެސެޖެއް ހިއްސާކޮށްފައެވެ
ބޫމީ ބުނީ މެސެޖްތަކާއި ކޯލްތަކަށްވެސް ޖަވާބު ނުދެވޭތީ މާފަށް އެދޭކަމަށާއި އޭނާ މުޅިި ދުވަހު އުޅެނީ ނިދުމުގައި ކަމަށެވެ
އަދި މިކަމަކީ ހިޔާލަށް ވެސް ނުގެނެވޭވަރު އުނދަގޫކަމެއްކަން ފާހަގަކުރަމުން ބޫމީ ބުނީ އެއްވެސް މީހަކު މި ބަލިމަޑުކަމާ ކުރިމަތިވާން ނޭދޭނެ ކަމަށެވެ.
އޭގެ އިތުރުން ބޫމީ ވަނީ އޭނާ ޕޮޒިޓިވްކަން ހާމަކުރި ދުވަހުވެސް ކޮވިޑް-19އަކީ ޖޯކެއް ނޫން ކަމަށާއި، މިހާލަތު ކުޑަކަމެއްގެ ގޮތުގައި ނުދެކުމަށް އިލްތިމާސް ކޮށްފައެވެ.
ބޮލީވުޑްގެ ގިނަ މަޝްހޫރު ތަރިންތަކެއް ވަނީ މިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއި، އާލިއާ ބަޓްގެ އިތުރުން ގޯވިންދާވެސް ހިމެނެއެވެ.