ads
ފޮޓޯ---ހެލްތު މިނިސްޓަރީ
ކެނެޑާއިން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފި
ދިވެހިރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފި އެވެ.

ކެނެޑާ ސަރުކާރާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ގުޅިގެން ދިވެހިރާއްޖޭގައި ގާއިމުކުރެވޭ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ގެ ނަމުގައި ލޯންޗް ކުރެވުނު އެ ޕްރޮޖެކްޓް އިފްތިތާހް ކުރެއްވުމަށް، އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވުނު ވާޗުއަލް ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނާގެ އިތުރުން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިން ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަފުޅު ދައްކަވަމުން، އެފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި ޑަބްލިއުއެޗްއޯ އާ ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ދެ ފަރާތަށް ޝުކުރު އަދާކުރެއްވިއެވެ. 

އަދި، ކެނެޑާގެ ހައި ކޮމިޝަނާ ހިޒް އެގްސެލެންސީ ޑޭވިޑް މެކިނޮން އެ ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ގާއިމު ކުރެއްވުމަށް ފޯރުދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެ މަނިކުފާނަށް ވަކިން ހާއްސަކޮށް ޝުކުރު އަދާކުރެއްވިއެވެ. 

your imageފޮޓޯ--ހެލްތު މިނިސްޓަރީ

އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯ ގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ  މިނިސްޓަރު ނަސީމް ޝުކުރު އަދާކުރެއްވިއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 (ސާޅީސް) އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް އެހިދުމަތް ގާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ހިދުމަތްތައް ގާއިމު ކުރެވިގެންދާނެ އެވެ.

ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަކީ ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ.

 އެ ހިދުމަތް ގާއިމު ކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށާއި އަދި ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރީއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް