ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
ގަވާއިދާ ހިލާފަށް 20 މެމްބަރުން ދާއިރާ ތަކުގައި!
ދާއިރާއަށްކުރާ ދަތުރުތައް ރަސްމީ ދަތުރު ކަމުގައި ނިންމަން ހަމަ ޖެއްސީ 5 އޭޕްރީލްގައި
މިއަދުގެ ރައްޔިތުން މަޖިލީސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ އުސޫލުން ބޭރުން 20 މެމްބަރަކު އެބޭފުޅުންގެ ދާއިރާއަށް ގޮސްފައިވާ ކަމަށެވެ.
Advertisement

މިއަދު ސަލާމުގައި 22 މެމްބަރުން ތިބި ކަމަށް ވިދާޅުވަމުން އޭގެ ތެރެއިން 20 މެމްބަރުންނަކީ އެބޭފުޅުންގެ ދާއިރާ ތަކަށް ގޮސް ތިބި މެމްބަރުން ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. 

"މަޖިލީހުގެ އާންމު ކޮމިޓީގެ އުސޫލު އަދި ފާސް ނުވޭ އެހެން ކަމުން އުސޫލުގެ ދަށުން ވަޑައިގެން ތިއްބެވީ ދެ މެމްބަރުން،" -ރައީސް ނަޝީދު-

އެގޮތުން އެ ދެ މެމްބަރުންނަކީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ. 

ރައްޔިރުން މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ ދާއިރާއަށް ކުރައްވާ ދަތުރުތައް ރަސްމީ ދަތުރު ކަމުގައި ނިންމަން ހަމަ ޖެއްސީ 5 އޭޕްރީލް ވީ ހޯމަ ދުވަހުގައެވެ. 

މިފަދަ ދަތުރެއްގައި ވާ މެމްބަރުން މަޖިލީހުގެ ހާޒިރީގައި އަދި ކޮމިޓީގެ ހާޒިރީގައި ވެސް ފާހަގަ ކުރާނީ ރަސްމީ ދަތުރުގައި ކަމަށާއި، މެމްބަރުން ދަތުރުގައި ހުންނަވާއިރު މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރި ވާން ބޭނުން ނަމަ އޮންލައިންކޮށް ބައިވެރި ވެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް