ads
އަސްލަމް
ހިޔާގެ ދާއިަމީ ލިސްޓުން އަނެއްކާ ވެސް މައްސަލަތަކެއް ފެނިއްޖެ!
ހިޔާގެ ދާއިމީ ލިސްޓުން އަނެއްކާވެސް މައްސަލަތަކެއް ފެނިއްޖެކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ދާއިމީ ލިސްޓުގައި ގެއެއް ނުވަތަ، ގޯއްޗެއް ނުވަތަ ފްލެޓް ފަދަ ތަންތަން ހުރި މީހުންގެ ނަން އޮތްކަން ވެސް ފާހަގަ ވެފައިވާކަމަށެވެ. އަދި އެޕްލައިކުރިއިރު ދެމަފިރިންގެ ގޮތުގައި ތިބި މީހުން ވެސް މިހާރު ވަރިވެފައިވާކަން ވެސް ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. 

މިގޮތުން މާދަމާ ފްލެޓްތަކުގެ ގުރުއަތުން ފަށާއިރު، އެ ގުރުއަތުލުމުގައި ބައިވެރިވެވޭނީ މިދަ މައްސަލަ ނެތް ފަރާތްތަަކަށް ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. 

މާދަމާ ގުރުއަތުލާނީ އެންމެ ފުރަތަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީންނެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މާދަމާ ފްލެޓްތަކުގެ ގުރުއަތުން ފަށާއިރު، އެ ގުރުއަތުލުމުގައި ބައިވެރިވެވޭނީ އިތުރު މައްސަލަ ނެތް ފަރާތްތަަކަށް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދާއިމީ ލިސްޓުގައި ގެއެއް ނުވަތަ، ގޯއްޗެއް ނުވަތަ ފްލެޓް ފަދަ ތަންތަން ހުރި މީހުންގެ ނަން އޮތްކަން ވެސް ފާހަގަ ވެފައިވާކަމަށެވެ.

އަދި އެޕްލައިކުރިއިރު ދެމަފިރިންގެ ގޮތުގައި ތިބި މީހުން ވެސް މިހާރު ވަރިވެފައިވާކަން ވެސް ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އެ މައްސަލަތައް ހުރުމާއެކުގައި ފްލެޓް ކޮމިޓީީއިން ދާއިމީ ލިސްޓު ނެރުމަށްފަހުގައި އަށް ކަމެއްގެ މައްޗަށް ބެލުމަށް ވަނީ ހައުސިން މިނިސްޓަރީގައި އެދިލައްވާފައި ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެ އަށް ކަންތައް މިހާރު ހައުސިން މިނިސްޓަރީއިން މިހާރު ބަލަމުންދާއިރުގައި ނުކުޅެދުންތެރިކަން ހުންނާ ފަރާތްތަކުގެ ކެޓަގަރީގައި ހިމެނޭ 12 ފަރާތެއްގެ ހާލަތު އިތުރަށް އެ މިނިސްޓަރީއިން ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާއިމީ ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތެއް އަދި އެ ލިސްޓުން އުނި ނުކުރާ ކަމަށާއި މީހުންގެ މައުލޫމާތު އިތުރަށް ސާފުކުރަމުން ދާއިރުގައި ސައްހަ ނޫން މައުލޫމާތެއް ފެނިއްޖެނަމަ އެމީހަކަށް ގުޅަމުން ގެންދާ ކަމަށެވެ.

ދާއިމީ ލިސްޓުން އެއްވެސް ސަބަބަކާ ނުލާ މީހަކު އުނި ނުކުރާނެ ކަން ފާހަގަކުރަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހުރިހާ އެންމެންގެ ހުރިހާ މައްސަލައެއް ހައްލުވަންދެން ފްލެޓްތައް ހަވާލުނުކޮށް ތިބުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ދެކޭތީ ގުރުއަތުލުމުގެ މަސައްކަތް ފެށީ ކަމަށެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް