ads
ފޮޓޯ:ވަގުތު
ރޯދަމަހު ތަރާވީސް އަދި ދަމުނަމާދު ވެސް މިސްކިތްތަކުގައި ކުރާނެ: މަބްރޫކް
މިއަހަރުގެ ރޯދަ މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް އަދި ދަމު ނަމާދު ވެސް ޖަމާއަތުގައި ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރްޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، މިފަހަރުގެ ރޯދަ މަހުގެ ތަރާވީހް ނަމާދު ކުރަން ހަމަޖެހިފައިވަނީ މިސްކިތްތަކުގައި ކަމަށާއި، ފަހު ދިހައިގެ ރޭތަކުގައި ދަމު ނަމާދުވެސް މިފަހަރު މިސްކިތްތަކުގައި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

އޭގެ އިތުރުން ރޯދަމުހުގައި ކޮންމެ ދުވަހަކުވެސް އަސަރު ނަމާދަށްފަހު ބާއްވާ ދަރުސްވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ދަރުސްތައް މާލޭ ސިޓީގެ 7 މިސްކިތެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގެ ހަތަރު މިސްކިތެއްގައި އާއި، ހުޅުމާލޭގެ ދެ މިސްކިތެއްގައި އަދި، ވިލިމާލޭގެ އެއް މިސްކިތެއްގައެެވެ. 

"މީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ދަރުސްތައް ރާވާ ކުރިއަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވޭ،" - މަބްރޫކް -

މިނިސްޓަރު މީގެ ކުރިން "ސީއެންއެމް"އަށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމުގެ ކަންކަން މިފަހަރު އިސްލާމިކް މިނިސްޓްރީން ނުކުރާނެއެވެ.

އިމިގްރޭޝަނާއެކު އެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށާއި ކައުންސިލްތަކުން ބޭނުންނަމަ އެ އޮންނަ އުސޫލުގެ ދަށުން ބޭރުން ހާފިޒުން ގެނައުމުގެ މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެއީ ކަރަންޓީނުވުމުގެ ކަންކަމާއި އެ ހުރިހާ އިންތިޒާމެއް ކައުންސިލްގެ ބެލުމުގެ ދަށުން ހަމަޖައްސާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ރޯދަ މަސް ބައްދަލުކުރިއިރު މާލޭ ސަރަހައްދު އޮތީ ފުލް ލޮކްޑައުނެއްގަ އެވެ. އަދި މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް މެދުކަނޑާލާފައިވާތީ ރޯދަ މަހު މީހުން ތަރާވީސް ކުރީ ވެސް ގޭގައި އާއިލާގެ މެމްބަރުންނާއެކު ޖަމާއަތް ހަދައިގެންނެވެ.  

މިމަހުގެ 13 ވަނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުން ދައްކާއިރު މި ރޯދަ މަހު، ތަރާވީސް އަދި ދަމުނަމާދުވެސް މިސްކިތްތަކުގައި ކުރެވޭނެ ކަން ހާމަކޮށްފައިވާއިރު މާޗު މަހުގެ އެއްވަނަ ދުވަހު ފެށިގެން މާލޭ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން ފެށިނަމަވެސް މިފަހުން ވަނީ އަނެއްކާވެސް ކައިރިކައިރީގައި ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭގޮތައް އުސޫލް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް