ads
ނިމްޝާ--
މިއީ ހަމަ ނިމްޝާތަ؟
މޯލްޑިވިއަންގެ ކެބިން ކްރޫއެެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނިމްޝާ ޒާހިރުގެ ނަން، ދިވެހިންގެ ތެރޭގައި ވައިގައި ހިފީ ޓިކްޓޮކުންނެވެ. މިއަދު އޭނާއަކީ ދިވެހިންގެ މެދުގައި މަގްބޫލު ތަރިއެކެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އެކަނި ވެސް 29،000 އަށް ވުރެ ގިނަ ބަޔަކު ނިމްޝާ ފޮލޯކުރާއިރު، ޓިކްޓޮކްގައި އޭނާގެ 55،900 އަށް ވުރެ ގިނަ ފޮލޯވަރުން އެބަހުއްޓެވެ.

ޓިކޮޓްކުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ މޮޑެލިންގެ ދާއިރާއިންވެސް ނިމްޝާގެ ކުލަވަރު ފެންނަނީ ގަދަކޮށެވެ. ހާއްސަކޮށް "ބޯލްޑް" ސްޓައިލުން ފެށިގެން ދިވެހި ސަގާފަތައްވެސް އޭނާ ފިޓްވާލެއް ވަރަށް ފުރިހަމައެވެ. 

މިފަހުން ނިމްޝާގެ އިންސްޓަގްރާމްގައި އާއްމުކުރި ފޮޓޯ ޝޫޓެއްގެ ފޮޓޯތައް ފެނި "މިއީ ހަމަ ނިމްޝާ ހޭ؟" ނުބުނެވޭނެ ވަރެއް ނޫނެވެ. އެހާވެސް ތަފާތެވެ. ވެސްޓާން ސްޓައިލަަށް ހެނދުން އަޅައިގެން ހުރި ނިމްޝާގެ މި ފޮޓޯތަކަކީ އޭނާގެ ފޮޓޯ ޝޫޓެއް ކަމަށް ބެލެވެއެވެ. 

މި ފޮޓޯތައް ފެނި ގިނަބަޔަކު އާޝޯހުވެގެން ދިޔައިރު، އޭނާގެ ބޯލްޑް ސްޓައިލްއާއި ކޮންފިޑެންސް ފެނިވެސް ގިނަ .ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. ކޮންމެ އަކަސް މި ފޮޓޯތަކުން ނިމްޝާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ނިމްޝާގެ މޮޑެލިންގެ ޓެލެންޓަކީވެސް ހަމަ އަންތަރީސް ވާވަރުގެ ޓެލެންޓެކެވެ. މި ފޮޓޯތަކުން އެކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.  

ނިމްޝާގެ ކޮންފިޑެންސާއި ދޭތެރޭ ގިނަ ބަޔަކު ހައިރާންވާއިރު، ގިނަ ފާޑުކިޔުންތަކެއްވެސް އަމާޒުވެއެވެ. ހާއްސަކޮށް ހެނދުން އެޅުމުގެ ސްޓައިލަށެވެ. 

މިފަހުން ކައިޒީންގެ އުފަންދުވަހު އާއްމުކުރި ފޮޓޯތައްވެސް ގިނަ ބަޔެއްގެ މެދުގައި ވައިރަލް ވެގެން ދިޔައިރު އޭނާވެސް ހުރީ ރިހި ކުލައިގެ ހެނދުމެއްގައި ބޮލުގައި ސްކާފެއް އަޅައިގެންނެވެ. ނިމްޝާވެސް މިފަދަ ގޮތަކަށް ޑްރެސްކޮށްފައިވާއިރު، މިފަހަރު މޮޑެލިންގައި އެންމެ މަޝްހޫރް ތަރި ކައިޒީންއަށްވެސް ނިމްޝާ ހަމަ ދުލެއް ނުކުރެއޭ ބުނުމަކުން ދޮގަކަށް ވެސް ނުވާނެއެވެ. 

އެޑިޓަރުގެ ނޯޓް: މިއާޓިކަލްއަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

5%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް