ads
ފޮޓޯ:ސީއެންއެމް
ކެތްނުވެގެން ޝްރައްދާ އަނެއްކާވެސް ރާއްޖެއަށް: ބޭބެ ބުނީ ރާއްޖޭގައި ވަންޒަންވެރި ވާށޭ!
މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ކޮވިޑްގެ ބަލިމަނޑުކަމުގައި ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއްތަނަކީ އިންޑިއާއެވެ. ހާއްސަކޮށް އިންޑިއާގެ ބޮލީވުޑް ތަރިންގެ ވެކޭ މަންޒިލަކަށް ރާއްޖެ ވަނީ ވެ ނިމިފއެވެ.

މިއަހަރުގެ މިހާތަނަށްވެސް މަޝްހޫރް އެތައް ތަރިންނެއް ރާއްޖެއަށް އެތައް ފަހަރަކު ތަކުރާރުކޮށް އައިސްފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ތަރިއަކީ ޝްރައްދާ ކަޕޫރެވެ. 

މިއަހަރުތެރޭވެސް ތިން ފަހަރަށް ރާއްޖޭއަށް އައިސްފައިވާ ޝްރައްދާ މިވަގުތުވެސް ހުރީ ރާއްޖޭގައެވެ. އެންމެ ފަހުން އޭނާ ރާއްޖެއައިސްފައިވަނީ ނިމުނު މާޗު މަހުގެ 17ވަނަ ދުވަހު އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު އާއިއެކު އެވެ. އަދި އޭގެ ކުރިން ހަމަ އެމަހުގެ ކުރީކޮޅުވެސް އޭނާ ވަނީ ދެބެއިންގެ ދެދަރި ކުއްޖެއްގެ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށްވެސް ރާއްޖެ އައިސްފައެވެ. 

އަނެއްކާ މީގެ ދެ ދުވަސް ކުރިން އޭނާ ރާއްޖެއައިސްފައިވާއިރު ޝްރައްދާ ވަނީ މިވަގުތު އޭނާ ޗުއްޓީ ހަދަމުންދާ ބަރޮސް މޯލްޑިވްސްގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. އަދި އޭނާ ދަނީ ވެކޭޝަންގެ ހިތްގައިމު ފޮޓޯތަކެއް ތަކުރާރުކޮށް ހިއްސާކުރަމުންނެވެ. 

އެހެންކަމުން ޝްރައްދާގެ މީގެ ތެރެއިން ފޮޓޯއަކަށް ކޮމެންޓްކޮށް އޭނާގެ ބޭބެ ވަނީ އެންމެ ފަހުން ރާއްޖޭގައި ދެން ވަޒަންވެރިވުމަށް ހިޔާލުވެސް ދީފައެވެ. 

އުމުރުން 34 އަހަރު މިފަހުން ޝްރައްދާއަށް ފުރިފައިވާއިރު އޭނާގެ އުފަން ދުވަސް ވެސް މިއަހަރު ފާހަގަކުރީ ރާއްޖޭގަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް