ނަމަވެސް ތާރާ ވަނީ އޭނާގެ ލޯބިވެރިއެއް ހުންނަކަން ހާމަކޮށްފަ އެވެ. އެގޮތުން އޭނާ ރަށްޓެހިވެގެން އުޅޭކަމަށް އަޑުއަރާފައިވާ އާދަރް ޖެއިނަކީ ތާރާގެ ލޯބިވެރިއާ ކަމަށް އޭނާ ވަނީ އެއްބަސް ވެފަ އެވެ.
އެކަން އޭނާ ހާމަކޮށްފައިވަނީ އިންސްޓާގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޮއަކާ އެކުގަ އެވެ. އާދަރްގެ އުފަން ދުވަހު އޭނާއަށް ތަހުނިއާ ކިޔަމުން ވަރަށް ލޯބިވާ ކަމަށް ތާރާ ވަނީ ބުނެފަ އެވެ.
ތާރާ އަދި އާދަރް
އާދަރްވެސް ވަނީ އޭނާ ތާރާދެކެ އިންތިހާއަށް ލޯބިވާ ކަމަށް ބުނެފަ އެވެ.
ތާރާ ވަނީ ދާދިފަހުން ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި އޭނާ ވަނީ ސުނިލް ޝެޓީގެ ދަރި، އަހާން ޝެޓީއާއި އެކުގައި ފިލްމެއްގެ ޝޫޓިންގައި ވެސް ބައިވެރިވެފަ އެވެ.