ads
ޝްރައްދާ ރާއްޖޭގައި
ޝްރައްދާ އިރުއިރުކޮޅުން ރާއްޖެ އަންނަނީ ކީއްކުރަންކަން އިނގޭތަ؟
އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ރާއްޖެ އިންތިހާއަށް މަގްބޫލުވެ، މި ތަނަށް އަންނަ ތަރިންގެ ނިސްބަތް މި ކޮވިޑްގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.
Advertisement

މިއަހަރުގެ މިހާތަނަށްވެސް މަޝްހޫރް އެތައް ތަރިންނެއް ރާއްޖެއަށް އެތައް ފަހަރަކު ތަކުރާރުކޮށް އައިސްފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ތަރިއަކީ ޝްރައްދާ ކަޕޫރެވެ. 

މިއަހަރުތެރޭވެސް ތިން ފަހަރަށް ރާއްޖޭއަށް އައިސްފައިވާ ޝްރައްދާ މިވަގުތުވެސް ހުރީ ރާއްޖޭގައެވެ.

މިޔާއިއެކު ޝްރައްދާ މިހާވަރަށް ރާއްޖެ އަންނަ ސަބަބަކީ ކޮބާތޯ ބަލަން ބޭނުންވާ އެތަށް ބަޔަކު ތިބޭނެކަން ގައިމެެވެ. ބާރޯސް މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުންދާ ޝްރައްދާ އަންނަނީ އޭނާގެ އިންސްޓާ ސްޓޯރީގައި ވެކޭޝަންގެ ތެރެއިން މަންޒަރުތައް ހިއްސާކުރަމުންނެވެ. 

އެގޮތުން ގިނަ މޭވާތަކެއް ފެންނަ ފޮޓޯއެއް ހިއްސާކޮށް ޝްރައްދާ ބުނެފައިވަނީ ރާއްޖެތެރޭ މޭވާ އަކީ އޭނާގެ އެންމެ ފެވަރިޓް ކަމަށެވެ. އަދި އެޔަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވާކަމަށް އޭނާ ބުނެފައިވެއެވެ. 

ރާއްޖެއިން ލިބޭ ފޭރުފަދަ ބައެއް މޭވާ ހިއްސާކޮށް އޭނާވަނީ މިއީ ރާއްޖެއަށް އާދެވޭ އެއް ސަބަބުކަމަށް ފާހަގަކޮށްފައެވެ. 

your imageޝްރައްދާ ބާރޯސް މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް

އެހެންނަމަވެސް އެގިފައިވާގޮތުގައި ޝްރައްދާ އަދި ބޮލީވުޑްގެ ގިނަ ތަރިން ރާއްޖެއަށް އަންނަނީ ރާއްޖެ އައިސް އެމީހުން ތިބޭ ރިސޯޓު އިޝްތިހާރުކޮށް އެތަނުގެ ފޮޓޯތައް ހިއްސާކުރާ ގޮތަށް އެއްބަސްވެގެންނެވެ. 

ޝްރައްދާވެސް ގިނަ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 

ޝްރައްދާ އެންމެ ފަހުން ރާއްޖެއައިސްފައިވަނީ ނިމުނު މާޗު މަހުގެ 17ވަނަ ދުވަހު އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު އާއިއެކު އެވެ. އަދި އޭގެ ކުރިން ހަމަ އެމަހުގެ ކުރީކޮޅުވެސް އޭނާ ވަނީ ދެބެއިންގެ ދެދަރި ކުއްޖެއްގެ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށްވެސް ރާއްޖެ އައިސްފައެވެ. 

އަނެއްކާ މީގެ ދެ ދުވަސް ކުރިން އޭނާ ރާއްޖެއައިސްފައިވާއިރު ޝްރައްދާ ވަނީ މިވަގުތު އޭނާ ޗުއްޓީ ހަދަމުންދާ ބަރޮސް މޯލްޑިވްސްގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. އަދި އޭނާ ދަނީ ވެކޭޝަންގެ ހިތްގައިމު ފޮޓޯތަކެއް ތަކުރާރުކޮށް ހިއްސާކުރަމުންނެވެ. 

އެހެންކަމުން ޝްރައްދާގެ މީގެ ތެރެއިން ފޮޓޯއަކަށް ކޮމެންޓްކޮށް އޭނާގެ ބޭބެ ވެސް ވަނީ “ދެން ރާއްޖޭގައި ވަޒަންވެރިވާން” ހިޔާލުވެސް ދީފައެވެ. 

އުމުރުން 34 އަހަރު މިފަހުން ޝްރައްދާއަށް ފުރިފައިވާއިރު އޭނާގެ އުފަން ދުވަސް ވެސް މިއަހަރު ފާހަގަކުރީ ރާއްޖޭގައެވެ

67%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް